ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2024/159
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:36
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނައުމަށްޓަކައި، ރައްޔިތުންނާ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި މަސްޖިދުލް ޢުމަރު ފާރޫޤްގެ "ނަލަ މާލަމް" ގައި އޮންނާނެއެވެ. ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
އެޖެންޑާ:
- "ވިލުފުށީ ހޮސްޕިޓަލް" އެޅުމަށް ކުރިން ކަނޑައަޅާފައިވާ ބިން، ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް އެބަދަލު ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- "އެމް.އެން.ޑީ.އެފް"ގެ މަރުކަޒެއް ވިލުފުށީގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، އެކަމަށް ބިން ކަނޑައެޅުމަށްޓަކައި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
13 އޮކްޓޫބަރު 2024