ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2024/74
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:16
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ދަފްތަރު ކުރުމާއި ބެހޭ

(IUL)258/258/2024/74 ނަންބަރު

 އިޢުލާން

      

ބިދޭސީން ދަފްތަރު ކުރުމާއި ބެހޭ

ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ލިޔެކިޔުންތައް "ކުރަނގި" ޕޯޓަލްގައި އަދާހަމަކުރުމާއި  ބަޔޯމެޓްރިކްސް  ނަގާ ޤަވާއިދާ ހިލާފަށް  އުޅޭ  ބިދޭސީން  ދެނެގަތުމުގެ  ޕްރޮގްރާމް 2024 އޮގަސްޓް 10 ވީ (ބުރާސްފަތި) ދުވަހު މިކައުންސިލުން ވަނީ ފަށާފައެވެ. މި ޕްރޮގްރާމް ގައި ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމަށްޓަކައި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން މި ކައުންސިލަށް ބިދޭސީން ގެނެސްދިނުމުން އެފަރާތްތަކުގެ މަޢުލޫމާތު ނަގައިގެންނާއި، މި ކައުންސިލްގެ އިސްނެގުމާއިއެކު ރަށުތެރެއިން ބިދޭސީން ގެނެސްގެން މަޢުލޫމާތު އަދާހަމަކުރުން ކުރިއަށް ގެންދެވޭނެއެވެ.

ވީމާ ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން ކޮންމެ ހަފްތާއަކު ހޯމަ އަދި ބުރާސްފަތި ދުވަހުގެ 10:00 ން 11:00 އަށް މި އިދާރާއަށް ބިދޭސީން ގެނެސްދެއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

10 ރަބީޢުލްއާޚިރް 1446

13 އޮކްޓޯބަރ  2024

13 އޮކްޓޫބަރު 2024