ދިވެހިރާއްޖެ
ފޮތްލިޔެ ލޭއައުޓް ހަދައި ޗާޕުކުރުމަށް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށް 2015 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ހިންގަން ފަށާފައިވާ އާ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 (ގްރޭޑް 4 ، 5 އަދި 6) ގެ އިސްލާމް ، ޤުރުއާން އަދި ދިވެހި މި ތިން މާއްދާގެ ފޮތްތައް (ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް) ލިޔުމާއި ލޭއައުޓް ހެދުން އަދި ޗާޕުކުރުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2015/101) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވުމާއި، ބިޑް ހުށަހެޅި ފަރާތްތަކުން އަގުތައް ހުށަހެޅުމުގައި ބައެއް މައްސަލަތައް ހުރުމުން މިއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
25 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
01 ޖުލައި 2015 (ބުދަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341346, 3341403 ނަންބަރު ފޯނާއެވެ.
05 ރަމަޟާން 1436