ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)133-AS/1/2015/15
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 02 ޖުލައި 2015 14:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

މަޤާމު: އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ  

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %35 ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން/ ކަސްޓަމަރ ސަރވިސް/ އެޑްމިން އެޗް.އާރ އެންޑް ބަޖެޓް/ މާލެ.

އަސާސީ ޝަރުޠު:

  • އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގޭ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލެގެ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރަށް ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ކާޑު ހެދުމަށް ބޭނުންވާ އެސެސަރީސް ރާއްޖޭއިން ބޭރުން ހޯދުން.
  • ސްޓޮކަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުން
  • އެކި ފަރާތްތަކުން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމާއި އެފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން
  • ސެޕް މެދުވެރިކޮށް ހަދަންޖެހޭ އެންމެހައި ޕީއޯތައް ހެދުން 
  • ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • މަސައްކަތްތަކުގެ އެއްބަސްވުންތައް ހެދުން.
  • ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
  • ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން،
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • ކޮމްޕިއުޓަރގެ މަސައްކަތަށް އަހުލުވެރިވާ މިންވަރު
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚަކާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323815 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓް www.dnr.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އެނގޭ ގޮތަށް)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގޭގެ ހަތަރުވަނަ ފަންގިފިލާ)

04 ރަމަޟާން 1436

21 ޖޫން 2015