މުބާރާތް
ނަންބަރު: (IUL)246/246/2024/52
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 17 އޮކްޓޫބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރަޒު 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

2024 ވަނަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކައުންސިލާއި މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކާބޯތަކެތީގެ މައުރަޒެއް 31 އޮކްޓޫބަރު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ވީމާ މިމައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރައްވައި، ކާބޯތަކެތީގެ މައުރަޒު 2024 ގައި ބައިވެރިވުމަށް އެދޭ ފޯމް، 17 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ނެންގެވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ނަންނޯޓު ކުރެއްވުމަށް ރަސްމީ ގަޑީގައި 7995262 ނަންބަރަށް ގުޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ އުޞޫލު މި ޢިއުލާނާއެކު ޢާންމުކުރީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 އޮކްޓޫބަރު 2024