ދިވެހިރާއްޖެ
އިޢުލާން
ކުރީގެ ފެންޕްލާންޓް ޤާއިމްކޮށްފައިވާ ބިން ކުއްޔަށް ދޫކުރުން
މިރަށު ކުރީގެ ފެންޕްލާންޓް ގާއިމްކޮށްފައިވާ 2،450 އަކަފޫޓްގެ ބިން 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމަވާފައިވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމަށްއެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިބިން ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަންފީގެ ގޮތުގައި 150.00 ރުފިޔާ ދެއްކުމަށްފަހު މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 20 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓާއި ބިޑް ޑޮކިއުމެންޓްތައް މެއިލްކުރެވޭނެއެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން
- ރަޖިސްޓްރީ ނަމްބަރ
- އީމެއިލް އެޑްރެސް
- ފައިސާ ދެއްކި ރަޝީދު.
- ގުޅޭނެ މޯބައިލް ނަމްބަރު
ބިޑް ހުށަހެޅުން އޮންނާނީ، 2024 އޮކްޓޯބަރ 24 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި، ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- ކުއްޔަށްހިފާ އަގު: %80 ޕޮއިންޓް (އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މާލީ ޤާބިލުކަން: (ފަނަރަ) ޕޮއިންޓް (ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގެ ޖުމްލަ ކޭޝްއިން އެވްރެޖް -/10،000 ރުފިޔާއަށްވުރެ މަތިވާނަ މާރކްސް ލިބޭނެ/ އެންމެ ބޮޑު ޢަދަދަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- ބިޒްނަސް ޕްލޭން: %5 (ފަހެއް) ޕޮއިންޓް (އެންމެ ރަގަޅު ހުށަހެޅުމަށް 5 ޕޮއިންޓް)
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.