ދިވެހިރާއްޖެ
ކޮލާގެ ހުޅަނގު ފަރާތުގެ ބިންތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް 2800 އަކަފޫޓުގެ ދެ ބިންކުއްޔަށް ދޫކުރުމަށް ހަމަޖައްސައި އެބިންތައްކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބިންތައްކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ދެ (2) އަހަރު ދުވަހަށެވެ. މި ބިންތައްކުއްޔަށް ނެގުމަށް ހުށަހެޅޭނޭ އެންމެ ކުޑަ ކުއްޔަކީ އަކަފޫޓަކަށް ފަސްދޮޅަސް (0.60) ލާރިއެވެ. މި ބިންތައް ކުއްޔަށް ދޫކުރުމުގައި ނޮންރިފަންޑަބުލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި އެންހާސް (1000) ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފައިސާ ބިޑު ހުށަހަޅާ ފަރާތްތަކުން 20 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގެ ކުރިން މިއިދާރާއަށް ދައްކަންވާނެއެވެ. ބިޑް ހުށަހެޅޭނީ ރަޖިސްޓްރޭޝަން ފީ ދައްކާފަރާތްތަކަށެވެ.
ވީމާ، މިބިންތައް ދެ (2) އަހަރު ދުވަހަށް ކުއްޔަށް ހިފުމަށްއެދޭ ފަރާތްތަކުން ފޮނުވާ ސިޓީތައް 2024 އޮކްޓޯބަރ 20 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގައި ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީއާއިއެކު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ސިޓީ އޮންނަންވާނީ އުރައިގައި ބަންދުކުރެވިފައެވެ. އުރައިގެ ބޭރުގައި "ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ބިން ދޫކުރުމާއި ގުޅޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި މި އިޢުލާނާއިއެކު ކޮލާގެ ހުޅަނގު ފަރާތުގެ ބިންތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ނަގާފަރާތްތަކަށް ދޭ " މަޢުލޫމާތު ޝީޓް " ޢާއްމު ކުރީމެވެ. އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރ 6820017 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާންކުރީމެވެ.