މަޤާމު:
|
ޕެރަލީގަލް (ޖީ.އެސް 4)
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ސެކްޝަން:
|
ލީގަލް އެފެއާޒް އެންޑް ޕޮލިޓިކަލް ޕާޓީސް ރެގިއުލޭޝަން ސެކްޝަން
|
ބޭސިކް މުސާރަ:
|
މަހަކު -/5020 (ފަސްހާސް ވިހި) ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 (އެއްހާސް ފައްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)
|
ލިވިންގ އެލަވަންސް:
|
މަހަކު -/3000 (ތިންހާސް ރުފިޔާ)
|
ޚާއްޞަ އެލަވަންސް:
|
މުސާރައިގެ %45
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާގެ ބާވަތް އަދި މުއްދަތު:
|
ކޮންޓްރެކްޓް 1 (އެކެއް) އަހަރު (މުވައްޒަފުގެ ޚިިދުމަތް ކޮމިޝަނަށް އިތުރަށް ބޭނުންވާނަމަ މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)
|
މަސައްކަތުގެ ވަގުތު:
|
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެނަމަ މަސައްކަތްކުރާގޮތަށް.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު ޤާނޫނީ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ޤާނޫނީ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ޢުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
|
އެހެނިހެން ޝަރުޠު:
|
- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.
- ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށް ދެވޭ މީހެއްކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
- ކޮމިޝަނުން އެކި އެކި ފަރާތްތަކާއެކު ކުރެވޭ އެގްރީމެންޓްތަކާ އެކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ރެކޯޑުތައް ބެލެހެއްޓުން.
- ކޮމިޝަނާ ގުޅުންހުރި ޤާނޫނުތައް ތަސްދީޤުކުރުމަށްޓަކައި ކުރެވޭ އިދާރީ މަސައްކަތްތައް ކުރުމާއި، ކޮމިޝަނުގެ މައްޗަށް ޝަރުޢީ ކޯޓުތަކުގައި ކުރެވޭ ދަޢުވާއާއި ކޮމިޝަނުން ޝަރުޢީ ކޯޓުތަކުގައި ކުރާ ދަޢުވާއާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
- ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާބެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އިންތިޚާބުތަކާ ގުޅިގެން ކޮމިޝަނުގެ ލީގަލް އެފެއާޒް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ކޮޕީ.
- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ކޮޕީ.
- ވަޒީފާގައި އުޅޭނަމަ ނުވަތަ އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތުގެ ތަޖުރިބާ ކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
ސުންގަޑި:
|
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
- ފޯމު ބަލައިގަތުމަށްފަހު ޞައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.
- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
|