ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)219-CA/01/2015/07
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 28 ޖޫން 2015 14:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މަސައްކަތު

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

މަސައްކަތު، އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އިނާޔަތްތައް:

މުސާރަ -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

-/1085 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް ޔުނިޓް

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އޮފީސްތެރެ ފޮޅައި ސާފުކުރުން.
  • ދޮރާއި ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި މޭޒުތައް ސާފުކުރުން.
  • ތަނުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާތެރެއާއި ފާޚާނާގެ ސަރަޙައްދު މޮޕްލައި ސާފުކުރުން. އަދި ފާޚާނާގައި ހުސްނުކޮށް ބަހައްޓަންޖެހޭ ތަކެތި ބެހެއްޓުން.
  • އޮފީހުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ބަހަންޖެހޭ ސިޓީ، ނޯޓު، ކާޑު ފަދަ ތަކެތި ބެހުމުގައި އެހީތެރިވެދިނުން.
  • ކައުންސިލުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި/ ކޮފީ ތައްޔާރުކޮށްދިނުން.
  • އޮފީހަށް ބޭނުންވާ ތަކެއްޗާއި، ހަރުމުދާ ފަދަ ތަކެތި އުފުލުމުގައާއި، މަރާމާތުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
  • މަސައްކަތްކުރުމުގެ ހުނަރު/ ތަޖުރިބާ/ ތަމްރީނު/ ފެންވަރު ހުރިކަން ބެލުމުގެ ގޮތުން ޕްރެކްޓިކަލް (ޢަމަލީ) ޓެސްޓެއް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މިފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

ސުންގަޑި:

2015 ޖޫން 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނުކުރުން 2015 ޖުލައި 06 އިން 09 އަށް މިކައުންސިލްގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން (www.mmc.org.mv) ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.

30 ޝަޢުބާން 1436 

17 ޖޫން 2015