ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-PDU/1/2015/76
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 07 ޖުލައި 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފައިނޭންޝިއަލް އޮފިސަރ (އެފް.އޯ)

ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ފައިނޭންޝިއަލް އޮފިސަރ (އެފް.އޯ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން (އެމް.އީ.އީ) އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައި.އެސް.ޑީ.ބީ) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް' މަޝްރޫޢުގެ ފައިނޭންސް މެނޭޖްކުރާނެ ފައިނޭންޝިއަލް އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް މި މިނިސްޓްރީން 16 އޮކްޓޫބަރު 2014 ގައި ކޮށްފައިވާ ނަންބަރު IUL)438-PDU/1/2014/61) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވުމުން އެ ޕްރޮޕޯޒަލްތައް ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ފައިނޭންސް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ފައިނޭންސް އަދި އެކައުންޓިންގ ސިސްޓަމްގެ މަސައްކަތްތައް ބެންކް އިރުޝާދުނާމާއާ އެއްގޮތަށް ޕްރޮޖެކްޓްގެ ފައިނޭންޝިއަލް ރިކޯޑިންގ ބެލެހެއްޓުމާއި ކަނޑައެޅޭ ފަރާތްތަކަށް ރިޕޯޓު ކުރުން ހިމެނެއެވެ.

ފައިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

  • މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލުކޮށްފައިވުން.
  • މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، 02 އަހަރު ދުވަހު ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓެއްގެ އެކައުންޓްސް މަސައްކަތް ކޮށްފައިވުން. އަދި މިފަދަ ޕްރޮޖެކްޓްތަކުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓާއި ސުޕަވިޝަން ހިމެނިފައިވުން.
  • ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.
  • ފައިނޭންޝިއަލް މެނޭޖްމަންޓްގެ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުމަކީ އެދެވިގެންވާ ކަމެކެވެ.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ މީހަކުކަމުގައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލު ކުރެވޭނެ މީހަކުކަމުގައިވުން. އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛  
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުން.

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް -/25,000 ރުފިޔާއާއި -/30,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދެވޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖުލައި 07 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮޖެކްޓް ޑައިރެކްޓަރ

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 301-3018-960+

އީމެއިލް: [email protected]

22 ޖޫން 2015