ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)123-A/123/2024/69
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:28
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮމިޝަނުގެ ނަންބަރު:AGR-2024/21ގެ އެއްބަސްވުމަށް ގެނެސްފައިވާ ބަދަލުގެ މަޢުލޫމާތު ހާމަކުރުން!
އިޢުލާން
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.49 ވަނަ މާއްދާގެ (އ)ގައި، އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ގެންނަ ބަދަލުގެ މަޢުލޫމާތު ހާމަކުރުމަށް ޝާއިޢުކުރުމާ ބެހޭގޮތުން ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮމިޝަނުގެ ނަންބަރު:AGR-2024/21ގެ އެއްބަސްވުން (މި ކޮމިޝަނުން ސައިންޓިފިކް ދިރާސާއެއް ކުރުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުން)ގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްދިނުމަށް، 2024 އޮކްޓޫބަރު 2 ވަނަ ދުވަހު ކޮމިޝަނުގެ ބިޑު ކޮމިޓީގެ ނަންބަރު: BC-123/2024/09ގެ ޖަލްސާގައި ހުއްދަދީފައި ވާތީ، ދެންނެވިފައިވާ އެއްބަސްވުމަށް ގެނެސްފައިވާ މި ބަދަލުގެ މަޢުލޫމާތު ޢާއްމުކޮށް އިޢުލާނު ކުރަމެވެ.
10 ރަބީޢުލްއާޚިރު 1445
13 އޮކްޓޫބަރު 2024
13 އޮކްޓޫބަރު 2024