ދިވެހިރާއްޖެ
މާރަންދޫ ކައުންސިލް އިދާރާ ގޯތިތެރޭގައި ގަރާޖެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިކައުންސިލްގެ ނަންބަރު :(IUL)253-OU-08275/253/2024/63 އިއުލާނާއި ގުޅިގެން އެމަސައްކަތް ކުރުމަށް ހުށައަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމަށް ވާތީ އެ އިއުލާން ބާތިލްކޮށް އެމަސައްކަތް ކުރުމަށް އަލުން އިއުލާންކުރަމެވެ.
މިކައުންސިލުން ދޭ މަޢުލޫމާތައި އެއްގޮތަށް ކައުންސިލް އިދާރާ ގޯތިތެރޭގައި ގަރާޖެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 އޮކްޓޫބަރު 22 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2024 އޮކްޓޫބަރު 27 ވާ އާދިއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާގެ ކޮންފަރެންސް ހޯލަށް ޙާޟިރުވެ ދެއްވުން އެދެމެވެ.
މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މި އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ވިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 ރަބީޢުލްއާޚިރު 1446
10 އޮކްޓޯބަރު 2024