ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައު ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީބްލޮކް (ފެކަލްޓީއޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް/ ގުރައުންޑް ފުލޯގައި 21 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 16 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީބްލޮކް (ފެކަލްޓީއޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް/ 3 ވަނަ ފުލޯ) އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 21 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އީ ބްލޮކަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓްރީޒަމް ސްޓަޑީޒް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކ. ވިލިމާލެ، ދިވެހިރާއްޖެ ފޯން: 3345249، 3345251، 3345252، 3345254 އީ-މެއިލް: fhts@mnu.edu.mv |