ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ ކުޑަކުދިންގެ ޕާކް ނުނިމި ހުރި މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުންކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ،މައުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަން ބިޑްހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތުގެ މައުލޫމާތު ހިމެނޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 16 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލްވުމާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
މައުލޫމާތު ބައްދަލްވުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
17 އޮކްޓޯބަރ 2024 |
ބުރާސްފަތި |
10:30 |
ބިޑް ހުށަހެޅުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
21 އޮކްޓޯބަރ 2024 |
ހޯމަ |
10:30 |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.