ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BCC-IIR/1/2024/89
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 20:01
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ "ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް"ގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ދިވެހިރާއްޖޭގައި އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން 31 ޑިސެމްބަރު 2023ގައި ވަޒީރުންގެ މަޖިލީހުން ނިންމަވާ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އާ ޙަވާލު ކުރެވިފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން 17 ސެޕްޓެމްބަރު 2024ގައި މި ކުންފުނިން އިފްތިތާޙު ކުރި "ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް"ގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

"ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް"ގެ ތެރެއިން ފުރުސަތު ހުޅުވާލެވޭ ދާއިރާތަކަކީ:

  1. ފިލްމް އުފެއްދުން
  2. މިއުޒިކް އުފެއްދުން
  3. އާރޓް އެންޑް ކްރާފްޓް
  4. ކޮންޓެންޓް ކްރިއޭޝަން

މި ސްކީމްގެ ތެރެއިން މާލީ އެހީތެރިކަމަށް ކުރިމަތިލެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ދިވެހިރައްޔިތެއް ކަމުގައިވުން
  2. 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން
  3. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުދި ނުވަތަ ކުދި ވިޔަފާރީގެ ގިންތީގައި ހިމެނޭ ސައްތަ އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިއެއް ކަމުގައިވުން، ނުވަތަ ބީ.ސީ.ސީއިން ޤާއިމުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން.

މި ސްކީމްގެ ތެރެއިން ކަނޑައެޅިފައިވާ ހުރިހާ ދާއިރާތައް ހިމެނޭހެން މާލީ އެހީތެރިކަން ހޯދުމަށް އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ފޯމެވެ. މި ދާއިރާތަކުން 50,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތައް ބައިވެރިވުން ލާޒިމު ކުރާ އިންކިއުބޭޝަންގެ ޚިދުމަތެއް ބީ.ސީ.ސީއިން ފޯރުކޮށްދޭނެއެވެ. މި ޚިދުމަތް ދިނުމަށް، މާލީ އެހީތެރިކަން ފޯރުކޮށްދޭ އަދަދުގެ %5 އިންކިއުބޭޝަން ފީގެ ގޮތުގައި ނެގޭނެއެވެ. އަދި މާލީ އެހީތެރިކަމުގެ ގޮތުގައި މި ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ފައިސާ އަނބުރާ ދައްކާނެ ގޮތުގެ ތާވަލު ހިސާބުކުރާނެ ގޮތް އެޕްލިކޭޝަނާއެކު ހިމަނަންޖެހޭ ޕޭމަންޓް ޕްލޭން ޓެމްޕްލޭޓުގައި ތަފްސީލުކޮށްފައިވާނެއެވެ.

މި ސްކީމްގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

ޕޯޓަލް ލިންކް: https://cef.bcc.mv

މި ސްކީމްގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީ.ސީ.ސީއިން ކަނޑައަޅާފައިވާ މިންގަނޑުތައް މި އިޢުލާނާއެކު ހިމަނައިފައިވާ "ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިން ސްކީމް ހިންގާނެ ގޮތުގެ އުސޫލު"ގައި ބަޔާން ކޮށްފައިވާނެއެވެ. މި ކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު މި ކޯޕަރޭޝަންގެ ހޮޓްލައިން 3305555 އަށް ގުޅުއްވައިގެން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

 

 

 

10 އޮކްޓޫބަރު 2024