މަސައްކަތް
ނަންބަރު: 116-FB2/IL/2024/121
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 17:57
ސުންގަޑި: 20 އޮކްޓޫބަރު 2024 11:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން"ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން"ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމާއި ބެހޭ

 

    މި ކުންފުނީގައި "ސިވިލް މެއިންޓަނަންސް" މަސައްކަތްތައް ހުރުމާއިއެކު، ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން"ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮކްޓޫބަރު 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

    މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

    "ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3337279 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

10 އޮކްޓޫބަރު 2024