ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2B/426/2024/412
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 16:48
ސުންގަޑި: 25 އޮކްޓޫބަރު 2024 23:59
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އެޅެދީދީމަގުގެ ޝީޝާ ޝޯރޫމް ކުރިމަތިން އުރީދޫ ޓަވަރާއި ދެމެދުން އެ ސަރަޙައްދުގައި ހައްދާފައިވާ އަލަގަސްތަކާއި އެހެނިހެންތަކެތި ނެގުމާގުޅޭ

އިޢުލާން

ހިތަދޫ އެޅެދީދީމަގުގެ ޝީޝާ ޝޯރޫމް ކުރިމަތިން އުރީދޫ ޓަވަރާއި ދެމެދުން އެ ސަރަޙައްދުގައި ހައްދާފައިވާ އަލަގަސްތަކާއި އެހެނިހެންތަކެތި ނެގުމާގުޅޭ

           ހިތަދޫ އެޅެދީދީމަގުގެ ޝީޝާ ޝޯރޫމް ކުރިމަތިން އުތުރަށް އުރީދޫ ޓަވަރާއި ދެމެދު، މަގުން ފެށިގެން އިރަށް 35 ފޫޓު، ޗާޓުން ފާހަގަކޮށްފައިވާ ސަރަހައްދަކީ ލޭންޑްޔޫސް ޕްލޭންގައި ވަކިކަމަކަށް ކަނޑައެޅިފައިވާ ބިންތައް ހިމެނޭ ސަރަހައްދެކެވެ. މިސަރަހައްދުގައި އެކިފަރާތްތަކުން ބޭނުންކުރަމުންދާ އަލަ އޮޅުތަކާއި، ދަނޑުތަކާއި މިނޫންވެސް އެސަރަހައްދުގައި ބެހެއްޓުމަށް އެކަށީގެންނުވާ ތަކެތި ބެހެއްޓިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މަގާއި އިންވެގެންވާ ބައެއް އޮޅުތަކުން، ދުވާރު ކައިރިން ކޮނެ އޮޅު ހެއްދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. ދުވާރަކީ ގާއަތުރައިގެން ހަދާފައިވާ ތަނަކަށް ވުމާއެކު މިގޮތަށް ކައިރިފަށް ކޮނެހެދުމުން މަގުން ވެލިދަމައި މަގަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. އެހެންކަމުން އެސަރަޙައްދުގައިވާ މިދެންނެވި ފަދަ ތަންތަން އަދި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން 11 އޮކްޓޫބަރު 2024 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިތަކެތި ނެގުމަށް ދެންނެވީމެވެ.

           އަދި ދެންނެވުނު މުއްދަތު ހަމަވުމަށްފަހު މިސަރަޙައްދުގައި މަސައްކަތް ފެށިގެން ކުރިއަށްދާއިރު ނުނަގާ ހުރި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ހިތަދޫ އަވަށު އޮފީހުން ނުނަގާނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

07 ރަބީއުލްއާޚިރު 1446

10 އޮކްޓޫބަރު 2024

10 އޮކްޓޫބަރު 2024