ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-A/330/2024/74
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:11
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިކޮށިން ކޮންޕޯސްކުރާ ވެލި ވިއްކުމާއި ގުޅޭ
މިރަށުގެ ކުނިކޮށިން މެނޭޖްކުރާ ކުނިން ކޮންޕޯސްވެފައިވާ ވެލި 10/- ރުފިޔާއަށް ވެލިބަސްތާއެއްގެ ރޭޓުން ވިއްކުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 109 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި 13 އޮކްޓޯބަރ 2024 ވަނަ އާދިއްތަ ދުވަހުން ފެށިގެން މިނިންމުމާ އެއްގޮތަށް އަމަލުކުރަން ފެށިގެންދާނެއެވެ. ވީމާ ވެލި ގަންނަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް ދުރުވެ ފައިސާ ދެއްކުމަށްފަހު، ސްލިޕް ހިއްޕަވައިގެން ހަވީރު 16:00 އާއި 18:00 ދެމެދު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ދިއުމުން ވެލި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ވެލި ނަގަންވާނީ އިދާރާއިން ދައްކާ ތަނަކުން ވޭސްޓް މެނޭޖްމަންޓްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުން އަމިއްލައަށް ފުރާނައިގެންނެއެވެ. ވިމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
10 އޮކްޓޫބަރު 2024