ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީން 10 ޖޫން 2015 ގައި ކޮށްފައިވާ 22/2015/147/ޑީ-22(IUL) ނަންބަރުގެ އިޢުލާނުގައި ލިޔުމުގެ ކުށެއްވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް ޔުނިޓް، ޕްރޮކިއުމަންޓް ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިނިސްޓްރީއާއި ދާއިރާއިން އެދޭ ތަކެއްޗާއި ޚިދުމަތް ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން، އުޞޫލުތަކާ އެއްގޮތަށް ކޮށް، ބޭނުންވާ މުއްދަތަށް ތަކެތި ހޯދައި، އެތަކެތި ފޯރުކޮށްދިނުން.
- މިނިސްޓްރީއާއި ދާއިރާގެ ބޭފުޅުން/ޓީމުތައް ރާއްޖެތެރެއަށް ކުރާ 25000.00 ރުފިޔާއަށްވުރެ އަގުމަތީ ދަތުރުތައް ގެޒެޓްކޮށް ބީލަން ކުރިއަށްގެންދިއުމާއި، އެ ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި ދަތުރުތައް ހަމަޖެއްސުން.
- ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން ދަށުގެ ޓެކްސްޓް ފޮތްތައް މިނިސްޓްރީން ގެޒެޓްކޮށްގެން ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން.
- ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން މަތީގެ ޓެކްސްޓް ފޮތްތައް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑް މެދުވެރިކޮށް ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން.
- ހޯދޭ ތަކެތީގެ ތެރެއިން ގުދަނަށް ފޮނުވަންޖެހޭ ތަކެތި، ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް ޢަމަލުކުރުމާއި އެކަންކަމާގުޅޭ ލިޔެކިއުންތައް ފުރިހަމަކުރުން.
- ހޯދާ ތަކެއްޗާއި ޚިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް، ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
މަޤާމުގެ ޝަރުޠު:
1. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
4. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޖުލައި 2 އާއި 9 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.moe.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 2 ވަނަ ދުވަހުގެ 13:30 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
4 ރަމަޟާން 1436