ދިވެހިރާއްޖެ
ރައްޔެތުންގެ މެދުގައި ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖައްސާ މަދަޙަ ކިޔުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރު ކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހިނގާ 2024 ވަނައަހަރުގެ ނޮވެންބަރު 1 ވަނަ ދުވަހު، 18 އަހަރުން މަތީގެ ބޭފުޅުންނަށް ހުޅުވާލައިގެން މި ކޮމިޓީއިން މަދަޙަ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިވެ ލެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް " އިނގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަދަޙަ މުބާރާތް 2024" ގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން 17 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު ފަހު 12:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިކޮމިޓީގެ ނަންބަރު 9190455 އާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. މުބާރާތާއި ބެހޭ ޤަވާޢިދު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.