ކުއްޔަށް ދިނުން
ނަންބަރު: (IUL)113-PD/1/2024/147
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 14 އޮކްޓޫބަރު 2024 09:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެމްޕީއެލް ނޯތު ޕޯޓްގައި އިމާރާތް ކޮއްފައިވާ 08 ނަމްބަރު ލޮޓް ގުދަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި ކުންފުނީގެ ބޭނުމަށް އެމްޕީއެލް ނޯތު ޕޯޓްގައި އިމާރާތް ކޮއްފައިވާ 08 ނަމަބަރު ލޮޓް ގުދަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މަޢުލޫމާތު ސާފުކުރުން

 

 14 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 09:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން.

 ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން  ހިއްސާކުރެވޭނެއެވެ. އަދި ބިޑްގައި ރަޖިސްޓަރ ނުވާާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 20 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ  ލިޔުންތައް.

މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039256 އަށެވެ.

10 އޮކްޓޫބަރު 2024