ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)BCC-HR/1/2024/87
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި:
17 އޮކްޓޫބަރު 2024 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
|
މަސައްކަތު
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ސެކްޝަން/ޑިވިޜަން:
|
އޮޕަރޭޝަންސް
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ފާމަރސް މާކެޓް، އއ. ތޮއްޑޫ
|
މަސައްކަތް ކުރަންޖެހޭ ގަޑި:
|
ޝިފްޓް ޑިއުޓީ
|
މަޤާމުގެ ޝަރުތުތައް:
|
ގްރޭޑް 07 ނިންމާފާވުން އަދި 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ބީ.ސީ.ސީ އިން ކަނޑައަޅާ ވަގުތުތަކުގައި ފާމަރސް މާކެޓު ހުޅުވުމާއި ލެއްޕުން.
- ފާމަރސް މާކެޓުގެ ކުނިކަހައި، ފޮޅާ ސާފުކުރުމާއި ފެންފޮތިލުމާއި ޑަސްބިންތައް ހުސްކުރުން ފަދަ މަސައްކަތްތައް ކުރުން.
- ފާމަރސް މާކެޓުގައި އުފެދޭ ކުނި ބީ.ސީ.ސީ އިން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ދުވަހުން ދުވަހަށް އުކާލާކަން ކަށަވަރުކުރުން.
- ފާމަރސް މާކެޓުތެރެއާއި، ގޯތި ތެރެ ރީތިކޮށް ބަލަހައްޓައި، ގޯތި ތެރޭގައި ގަސް އިންދުމާއި، ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި، ގޯތި ތެރޭގައި ކުނިކަހައި ސާފުކުރުން.
- ފާމަރސް މާކެޓު ހިންގާ ވިޔަފާރި ކިއޮސްކުތަކުގައި ބަހައްޓާ ޑަސްބިންތަކާއި އެތަންތަނުގައި އުފެދޭ ކުނިތައް ދުވަހުން ދުވަހަށް ނައްތާލުމަށް ބާރު އަޅައި ކުނިނައްތާލުމަށް ބީ.ސީ.ސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން ކިއޮސްކުތައް ހިންގާ ފަރާތްތަކުން އެކަން ކުރަމުންދޭތޯ ބަލާ ކަށަވަރުކުރުން.
- ފާމަރސް މާކެޓާއި އެ އިމާރާތުގައި ހިންގާ ތޮއްޑޫ ބިޒްނަސް ސެންޓަރުގެ ބޭނުމަށް އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ސާމާނު ގެންގޮސްދިނުމާއި، ކުރަންޖެހޭ އެހެނިހެން ކުދި މަސައްކަތްތައް ކުރުން.
- ފާމަރސް މާކެޓަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ އެކަށޭނަ މާހައުލަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް އެކަންކުރުމަށް ބާރުއެޅުން.
|
މުސާރަ:
|
8،000.00 ރުފިޔާ
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ޕޮލިސް ސެޓްފިކެޓް
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
|
|
|
ސުންގަޑި
|
17 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 15:00 އަށް
|
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2024 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.