ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-COO/MHCL/2015/1005
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 02 ޖުލައި 2015 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޢަޤީޤާ ކަތިލުން

ޢަޤީޤާ ކަތިލުމަކީ އަލަށް އުފަންވާ ކޮންމެ ކުއްޖެއްގެ ނަމުގައި އެކުއްޖާ ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެން 07 ވަނަ ދުވަހު، ނުވަތަ 14 ވަނަ ދުވަހު، ނުވަތަ 21 ވަނަ ދުވަހު ނުވަތަ ކުއްޖާ ބާލިޣު ވުމުގެ ކުރިން ދީނީގޮތުން ބަލާއިރު ކުރަން އޮންނަ ކަމެކެވެ. މިގޮތުން، 1436 ވަނަ އަހަރު ރަމަޟާންމަހު، މާތްވެގެންވާ މައްކާގެ ބިމުގައި ޢަޤީޤާ ކަތިލަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޢަޤީޤާ ކަތިލުމުގެ އިންތިޒާމު ހަމަޖެއްސިދާނެއެވެ.   

ޢަޤީޤާ ކަތިލުމުގެ އަގު: 

އަންހެން ކުއްޖަކަށް ޢަޤީޤާ ކަތިލުމަށް ދައްކަވަން ޖެހޭނީ -/2،313 ރުފިޔާއެވެ.

ފިރިހެން ކުއްޖަކަށް ޢަޤީޤާ ކަތިލުމަށް ދައްކަވަން ޖެހޭނީ -/4،626 ރުފިޔާއެވެ.

ފައިސާ ދެއްކުމުގެ ސުންގަޑި:

02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފައިސާ ދައްކަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޢަޤީޤާ ކަތިލެވޭ ކުއްޖާ/ ކުދިންގެ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ
  • ފުރިހަމަކޮށްފައިވާ ޢަޤީޤާ ކަތިލުމަށް އެދޭ ފޯމާއި ފޯމުގައި ބަޔާންކުރެވިފައިވާ ތަކެތި 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3011000 އަށެވެ.

17 ޖޫން 2015