ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)264/PRIV/2024/71
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 17 އޮކްޓޫބަރު 2024 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( މަސައްކަތު - ވޭޖް )

އިޢުލާނު

 

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

25

މަޤާމުގެ ގިންތި:

ވޭޖް

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ މުއްދަތު:

ޖަނަވަރީ 2025 ގެ ނިޔަލަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތު މުވައްޒަފުން: ގަޑިއިރަކަށް  18.75ރުފިޔާ (އަށާރަ ރުފިޔާ ހަތްދިހަ ފަސް ލާރި).

 

މި މަސައްކަތަށް ނެގޭ 25 މުވައްޒަފުންގެ ތެރެއިން އެންމެ ރަގަޅު 05 މުވައްޒަފުން ކަނޑައަޅާ އެ ފަރާތްތައް ސުޕަވައިޒަރުންގެ ގޮތުގައި ކަނޑައަޅައި ގަޑިއިރަކަށް  21.75ރުފިޔާ (އެކާވީސް ރުފިޔާ ހަތްދިހަ ފަސް ލާރި).

 

މަސައްކަތަށް ހާޒިރުނުވާ ދުވަހަކަށް އެލަވަންސް ނުލިބޭނެއެވެ. މަސައްކަތު ގުރޫޕުގެ އެލަވަންސް ފައިސާ ޖެހިގެން އަންނަ މަހުގެ  5ވަނަ ދުވަހުގެ ކުރިން ދޫކުރެވޭނެއެވެ.

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަގު ކުނިކެހުން
  2. ވިނަ ނޮޅުން
  3. އައްތަވާ ޖެހުން
  4. ގަސް ކޮށުން
  5. މަގުގައި ހެދޭ ވަޅުގަނޑުތައް އެއްވަރުކުރުން
  6. މަގުމަތީގައި ހުންނަ ގަސްގަހުގެ މުލާއި ގާފަދަ ތަކެތި ނެގުން
  7. ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

 

 

ސްޕަވައިޒަރުންގެ މަސްއޫލިއްޔަތު

1. މަސައްކަތް ރާވައި ހިންގުން:

o      ކައުންސިލް އިދާރާއިން ކަނޑައަޅާ ފަރާތެއްގެ މަޝްވަރާގެ ދަށުން މަސައްކަތްތައް ރާވައި ހިންގުން

o      ކޮންމެ ދުވަހެއްގެ މަސައްކަތު ތާވަލު، އޭގެ ކުރީ ދުވަހު އެކުލަވާލުން

2. ރިޕޯޓުކުރުން:

o      ދުވަހުގެ މަސައްކަތް ނިމުމުން، ހާޒިރީއާއި މަސައްކަތް ކުރެވުނު ގޮތުގެ ޚުލާޞާ ކައުންސިލް އިދާރާއަށް ހިއްސާކުރުން

o      މަހަކު އެއްފަހަރު ހާޒިރީ ރިޕޯޓު ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން

3. ހާޒިރީ ބެލެހެއްޓުން:

o      މަސައްކަތް ފެށުމަށް ކަނޑައެޅިފައިވާ ގަޑީގެ 10 މިނެޓު ކުރިން ހާޒިރުވެ، މަސައްކަތު މީހުންގެ ހާޒިރީ ބެލުން

4. ވަސީލަތްތައް ބެލެހެއްޓުން:

o      މަސައްކަތަށް ބޭނުންވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން"

5- މީގެ އިތުރުން މަސައްކަތު މީހެއްގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް

 

މަޤާމުގެ ޝަރުޠުތައް:

 

  1. ދިގު މުއްދަތަކަށް މަސައްކަތުގައި ހޭދަކުރެވޭ ފަދަ ޖިސްމާނީ ދުޅަހެޔޮކަން ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

50%

އިންޓަވިއު

50%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އެސެސްމެންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،  23 އޮކްޓޫބަރު 2024 އާއި 31 އޮކްޓޫބަރު 2024 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520043 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

10 އޮކްޓޫބަރު 2024