ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ޓޫރިޒަމް ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށް ހިންގޭ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތިންވަނަ ބެޗެއް 2015 ވަނައަހަރުގެ ސެޕްޓެންބަރުމަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޠު: ގްރޭޑް 7 ފުރިހަމަކޮށްފައިވުމާއެކު، އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގުން
މުއްދަތު: 1 އަހަރު
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު 22 ޖޫން 2015 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކައުންޓަރާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ބޯޅަގެ)، މާފަންނު ޔޫތު ސެންޓަރ، އަތޮޅު ކައުންސިލްގެ އިދާރާ، ރަށު ކައުންސިލްގެ އިދާރާ އަދި ޒުވާނުންގެ މަރުކަޒުތަކުން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ. މީގެ އިތުރުން ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ ފޭސްބުކް ޕޭޖް: National Career Guidance Centre ވެސް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 22 ޖުލައި 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު އައިޑީ ކާޑުގެ ކޮޕީ، ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (ޔޫތު ސެންޓަރ، ފުރަތަމަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަށްރަށުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެން.ސީ.ޖީ.ސީ އަށް މެއިލްކޮށްދެއްވުން އެދެމެވެ.
ނޯޓް:
- އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓް: www.moe.gov.mv
- ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް: www.tourism.gov.mv
- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (އެން.ސީ.ޖީ.ސީ):- އީމެއިލް: [email protected]
- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ :- ފޯން: 3312879 / 3320937 ހިލޭގުޅޭ ނަންބަރު: 1456
24 ޝަޢުބާން 1436