ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)413/413/2024/39
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:16
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ގައި ގާޑިޔާ ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތައް
ނަންބަރ: (IUL)413/413/2024/39
އިޢުލާން
ގއ.ގެމަނަފުށީ ގައި ގާޑިޔާ ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތައް ތިރީގައި މިވަނީއެވެ.
- ޔެލޯޑައިމަންޑް ގޯތީގެ ދެކުނުން ޒުވާނުންގެ މަރުކަޒު ޢިމާރާތްކުރާ ގޯތީގެ އުތުރުން އޮންނަ ހުރަސް މަގުގެ ފާރުކައިރި
- ނަރުދަމާ އޮފީހުގެ ދެކުނުން ފުނަގަސް ކައިރީގައި
- ރަށުގެ ދެކުނު ހުރަސް ޖެޓީގެ މަގަށް ޖާގަ ދޫކޮށް ދެކުނުގައި
- ގެމަނަފުށީ ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ގޯތީގެ އުތުރުން އޮންނަ ޕާކުގައި
- މާރެހާވިއުގެ އިރުމަތީ ފަޅިން ފެންވަރާ ހަޓުގެ އިރުމަތިން ނުވަތަ އުނދޯލީގޭގެ ހުނޅަގުން ރުއްތަކުގެ ތެރޭގައި
- ސަންރައިޒް ސަރަހައްދުގައި
- ޕެރަޑައިސް ސަރަހައްދުގައި.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ރަބީޢުލްއާޚިރު 1446
10 އޮކްޓޯބަރ 2024
އިބްރާހީމް ނާޝިދު
ކައުންސިލްގެ ރައީސް
10 އޮކްޓޫބަރު 2024