ދިވެހިރާއްޖެ
ތަޢާރަފާއި ނަން |
1 |
(ހ) |
މި އުސޫލަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގަވާއިދުން ހިންގުމުގެ ޤާނޫނު)ގެ 148 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން އެކުލަވާލައިފައިވާ ގަވާއިދު ނަންބަރު 2013/R-952 (މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއިބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2013/R-953 (ފިހާރަފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށްމުދަލާއި ތަކެތި ބެހެއްޓުމާބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2013/R-955 (އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2013/R-956 (ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2013/R-958 (ގޭގެއިން މަގުހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވައު، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާއި ބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2019/R-479 (މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު)އިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން އެކުލަވައިލައިފައިވާ އުސޫލެކެވެ. |
|
|
(ށ) |
މި އުސޫލަށް ކިޔާނީ [މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މަގުތަކާއި ގޯޅިތަކާއި ރަށުގެ ހޭޅިފަށާއި ބަނދަރު ސަރަޙައްދުގައި ތަކެތި ބެހެއްޓުމާއި، މަގުތަކުގައި ގަސް އިންދުމުގެ އުސޫލު]އެވެ. |
މަގުސަދު |
2 |
|
މި އުސޫލުގެ މަގުސަދަކީ ގެދޮރު އިމާރާތްކުރުމަށްޓަކައި ގެނެވޭ ތަކެއްޗާއި މުދަލާއި އެހެނިހެން ތަކެތި މަގުތަކާއި ގޯޅިތަކުގައި ބެހެއްޓުމާއި، މަގުތަކުގައި ގަސްއިންދުމުގައި ކައުންސިލުން ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ. |
ޢަމަލުކުރަން ފަށާ ތާރީޚް |
3 |
(ހ) |
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން އުސޫލު ފާސްކޮށް، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށް އާންމުކުރާ ދުވަހުން ފެށިގެންނެވެ. |
|
|
(ށ) |
މި މާއްދާގެ (ހ)ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް މި އުސޫލުގެ ދަށުން ފިޔަވަޅުއަޅަން ފަށާނީ މި އުސޫލަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. |
|
|
(ނ) |
މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އުސޫލަށް ޢަމަލުކުރަންފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި އުސޫލާ ޚިލާފަށް ނުވަތަ ތަޢާރަޒުވާގޮތަށް ހުރި ކަންކަން މި އުސޫލާ އެއްގޮތަށް ފައްތައި ތަންފީޒު ކުރަންވާނެއެވެ. |
ގޯތިގެދޮރު އިމާރާތް ކުރުމަށްޓަކައި ގެނެވޭ ތަކެތި މަގުތަކާއި ގޯޅިތަކުގައި ބެހެއްޓުން |
4 |
(ހ) |
އިމާރާތް ކުރުމަށް ގެންނަތަކެތި ގޯތީގެ އިމުން ބޭރުގައި ނުވަތަ މަގުމަތީގައި ބަހައްޓަންވާނީ އެކަމަށް އެދި މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރައި ކައުންސިލަށް ހުށަހަޅައި ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެންނެވެ. |
|
|
(ށ) |
15 (ފަނަރަ) ފޫޓަށްވުރެ ހަނިނޫން މަގުތަކުގައި (އިމާރާތުން ފެށިގެން 4 ފޫޓަށްވުރެ ފުޅާ ނުވާނެހެން) ގޯތިގެދޮރު އިމާރާތް ކުރުމަށްޓަކައި ގެނެވޭ ތަކެތި 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް ބެހެއްޓިދާނެއެވެ. |
|
|
(ނ) |
60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މަޤުބޫލު ސަބަބަކާހުރެ ބެހެއްޓިތަކެތި ނުނެގިއްޖެ ހާލަތެއްގައި އިތުރު މުއްދަތަށް ތަކެތި ބެހެއްޓޭނީ ސަބަބު ބަޔާންކޮށް ކައުންސިލަށް އަލުން ހުށަހަޅައި، ކައުންސިލުން އެކަމާމެދު ނިންމާގޮތެއްގެ މައްޗަށެވެ. |
|
|
(ރ) |
މަގުތަކުގައި ތަކެތި ބަހައްޓަންވާނީ މަގުގައި ހިނގާބިނގާވެ އުޅޭފަރާތްތަކާއި ދުއްވާތަކެއްޗަށް ދަތިނުވާނޭ ގޮތަށެވެ. އަދި މަގުތަކުގައި ތަކެތި ބަހައްޓާއިރު ގޭގެއާއި، ފިހާރަތަކާއި ގުދަންފަދަ ތަންތަނުގެ ދޮރުން ވަދެނުކުތުމަށް ދަތިނުވާނެފަދަ ގޮތަކަށް ތަކެތި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. |
|
|
(ބ) |
'15 (ފަނަރަ) ފޫޓަށްވުރެ ހަނިމަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓޭނީ މަގުގެ ތިންބައިކޮށްފައި އެއްބަޔަށްވުރެ ފުޅާނުވާނޭގޮތަށް 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށެވެ. |
|
|
(ޅ) |
މި މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ)ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ރަށުގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިސްބަތްވާ އެއްވެސް މަގެއްގައި ނުވަތަ ގޯޅިއެއްގައި ގޯތިގެދޮރު އިމާރާތް ކުރުމަށް ނުވަތަ އެފަދަ މުހިންމު ކަމެއްގައި ގެންނަ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް 24 (ސައުވީސް) ގަޑިއިރަށްވުރެ ގިނަ ވަގުތު ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(ކ) |
އެކިއެކި މަސައްކަތްތަކަށް މަގުތަކުގައި ބަހައްޓާ ތަކެތި ނަގައި ނިމުމުން އެ ސަރަޙައްދު ރަނގަޅަށް ސާފުކުރަންވާނެއެވެ. |
|
|
(އ) |
ގޯތިގެދޮރު އިމާރާތްކުރުމާއި އެހެނިހެން މަސައްކަތްތައް ކުރުމުގައި މަގު ބޭނުންކުރާނަމަ ބޭނުންކުރަންވާނީ، ގަވާއިދު ނަންބަރު: 2013/R-956 (ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު) ގައިވާގޮތުގެ މަތީން އެކަމަށް އެދި މި އުސޫލުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރައި ކައުންސިލަށް ހުށަހަޅައި ކައުންސިލުން ހުއްދަ ނަގައި މަގު ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ. |
އާއްމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިސްބަތްވާ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމާއި، ގަސްމުށި ބެހެއްޓުމާއި، މަގުމައްޗަށްވާ ގޮތަށް ހުންނަ ގަސްތައް ކޮށުން |
5 |
(ހ) |
މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި '15 (ފަނަރަ) ފޫޓު ހަމަވާ މަގުތަކާއި ގޯޅިތަކުގައި ގޭގެ އިމުން ފެށިގެން 1 ފޫޓު ބައި "18 (އަށާރަ އިންޗި) ފުޅާމިނަށް ގަސްއިންދުމާއި ގަސްމުށީގައި ގަސް އިންދުމުގެ އިޚްތިޔާރު ގޭގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތަށް އިންދޭނީ ގަސް ހެދި ބޮޑުވެ ގަހުގެ ގޮފިތައް "18 (އަށާރަ އިންޗި)އަށް ވުރެ ބޭރަށް ނުދާގޮތަށެވެ. "18 (އަށާރަ އިންޗި)އަށް ވުރެ ބޭރަށް ނުކުންނަ އޮފިތައް ހުންނަންވާނީ 10 (ދިހައެއް) ފޫޓު ތިރިން ކޮށާފައެވެ. އަދި ބިޔަކޮށް ނުހެދޭ ބަގީޗާ ގަސްތަކުގެ އޮފިތައް "18 އިންޗިއަށްވުރެ ބޭރަށް ނުކުންނަނަމަ ހުންނަންވާނީ 6 (ހައެއް) ފޫޓު ތިރިން، 4 (ހަތަރެއް) ފޫޓަށްވުރެ ބޭރަށް ނުނިކުންނާނެހެން ކޮށާފައެވެ. |
|
|
(ށ) |
މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި '15 (ފަނަރަ) ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި ގަސް އިންދާނަމަ ގަސް އިންދަންވާނީ ގަސްމުށިތަކުގައެވެ. މިގޮތަށް އިންދާ ގަސްމުށިތައް ބެހެއްޓޭނީ ގޭގެ އިމުން ފެށިގެން "12 (ބާރަ އިންޗި) އާއި ދޭތެރޭގައެވެ. މިގޮތަށް އިންދޭނީ ގަސް ހެދި ބޮޑުވެ ގޮފިތައް "12 (ބާރަ އިންޗި)އަށް ވުރެ ބޭރަށް ނުދާގޮތަށެވެ. "12 (ބާރަ އިންޗި)އަށް ވުރެ ބޭރަށް ނުކުންނަ އޮފިތައް ހުންނަންވާނީ 10 (ދިހައެއް)ފޫޓު ތިރިން ކޮށާފައެވެ. އަދި ބިޔަކޮށް ނުހެދޭ ބަގީޗާ ގަސްތަކުގެ އޮފިތައް 12 އިންޗިއަށްވުރެ ބޭރަށް ނުކުންނަމަ ހުންނަންވާނީ 6 (ހައެއް) ފޫޓު ތިރިން، 3 (ތިނެއް) ފޫޓަށްވުރެ ބޭރަށް ނުނިކުންނާނެހެން ކޮށާފައެވެ. |
|
|
(ނ) |
ގޭގެ އިންފާރު ކައިރީގައި ބަގީޗާގަސް ފިޔަވާ އެހެން ބާވަތެއްގެ ގަހެއް އިންދާނަމަ، އިންދަންވާނީ ލިޔުމުން ކައުންސިލަށް ހުށަހަޅައި، ކައުންސިލުން ހުއްދަ ހޯދައިގެންނެވެ. އަދި ކައުންސިލްގެ ހުއްދަޔާ ނުލައި ގޭގެ އިންފާރުކައިރީގައި އިންދޭ މިބާވަތުގެ ގަސްގަހާގެހި ނެގުމުގެ އިޚްތިޔާރާއި ބާރު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. |
|
|
(ރ) |
ގޭގެ އިންފާރު އެތެރޭގައި މަގުމައްޗަށް ވާގޮތަށް ހުންނަ ރުއް ހުންނަންވާނީ އެރުކުން މަގުމައްޗަށް އެއްޗެހި ނުފައިބާނެހެން ރަނގަޅަށް ސާފުކުރެވިފައެވެ. |
|
|
(ބ) |
މަގުތަކުގައި ޖަހާފައިވާ މަގު ބައްތީގެ އަލި ގެއްލޭގޮތަށް ހުންނަ ގަސް، ގޭގެ ވެރިފަރާތުން ކޮށައި ސާފުކުރަންވާނެއެވެ. |
|
|
(ޅ) |
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ނުކޮށްފިނަމަ، މި އުސޫލާ ޚިލާފަށް ހުންނަ ގަސްތައް މި އުސޫލުގައި ބުނެފައިވާ ގޮތަށް ކޮށާލުމުގެ އިޚްތިޔާރާއި ބާރު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. |
|
|
(ކ) |
ތިމާވެށި ހިމާޔަތްކޮށް މަގުތައް ޒީނަތްތެރި ކުރުމަށްޓަކައި ރަށު ކައުންސިލުން ރަށުގެ މަގުތަކުގައި އިންދާ ގަސްގަހާގެހި މި އުސޫލުން އިސްތިސްނާވެގެންވެއެވެ. މިގޮތަށް ކައުންސިލުން ގަސްއިންދާނަމަ އިންދަންވާނީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)އާއި އެއްގޮތްވާ ގޮތުގެމަތީން އެކުލަވާލައިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށެވެ. |
|
|
(އ) |
މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން މަގުތަކުގައި އިންދާފައިވާ ގަހެއް، ގަސްތަކެއް ނުވަތަ ބަހައްޓާފައިވާ ގަސްމުށިގަނޑެއް، ގަސްމުށިތަކެއް ރައްޔިތުންގެ ބޭނުމަކަށްޓަކައި ނުވަތަ ކައުންސިލްގެ ބޭނުމަކަށް ހިންގާ މަޝްރޫއަކާ ގުޅިގެން ނަގަންޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި އެ ތަކެތި ނެގޭނެއެވެ. |
މަގުތަކާއި ގޯޅިތަކުގައި ޖޯލިފަތި، ގޮނޑި، މޭޒު ފަދަ ތަކެތި ބެހެއްޓުމާއި މަގު ބޭނުންކުރުން |
6 |
(ހ) |
މަގުގެ ފުޅާމިނުގައި 20 (ވިހި) ފޫޓު ހުންނަ މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް ދަތިނުވާގޮތަށް އިށީނުމަށް އުފުލާ ގެންގުޅެވޭ ޖޯލިފަތި ބެހެއްޓިދާނެއެވެ. މިފަދަ ތަކެތި ބަހައްޓަންވާނި މަގުމަތީ ފާރު ކައިރީގައެވެ. |
|
|
(ށ) |
މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި 20 (ވިހި) ފޫޓު ހަމަނުވާ އެއްވެސް މަގެއް އަދި ގޯޅިއެއްގައި ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(ނ) |
މި އުސޫލުގެ ދަށުން މަގުތަކުގައި ޖޯލިފަތި ބަހައްޓާއިރު އިންފާރުކައިރީގައި ގަސްޖަހާފައި ނުވަތަ ގަސްމުށި ބަހައްޓާފައި ހުންނަ ދިމާލުގައި މަގަށްވާގޮތަށް ޖޯލިފަތި ފަދަތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(ރ) |
މަގުމަތީގައި ބަހައްޓާ ޖޯލިފަތި ހުންނަންވާނީ ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނެހެން ހަރުނުކޮށް ނުވަތަ ބިމުގައި ވަޅުނުލައެވެ. |
|
|
(ބ) |
އެއްވެސް ވިޔަފާރިއެއް ހިންގާ ތަނެއްގެ އިމުން ބޭރުގައި (މަގު ނުވަތަ ހުސްކޮށް އޮންނަ ބިން)، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ހުއްދަނެތި ގޮނޑި، މޭޒު ފަދަ ތަކެތި ބަހައްޓައިގެން ޚިދުމަތްދިނުމަކީ މަނާ ކަމެކެވެ. |
|
|
(ޅ) |
މި އުސޫލާ އެއްގޮތަށް ފާރުކައިރީގައި އިންދާފައިވާ ގަސްތަކާއި، ޖޯލިފަތިތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ކައުންސިލްގެ ހުއްދަ ނުހޯދައި މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(ކ) |
ޚާއްޞަ ހާލަތަކާއި ގުޅިގެން މަގު ބަންދުކުރަން ޖެހިއްޖެނަމަ (މިސާލަކަށް: ޚިތާނުކުރުން ފަދަ ކަމަކަށް މަގު ބަންދު ކުރުން) ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދަންޖެހޭނެއެވެ. |
|
|
(އ) |
ގޯތީގައި ކޮށްފައި ހުންނަ ޢިމާރާތްތަކުގެ ފުރާޅުން މަގުމައްޗަށް ފެން ފައިބާނެހެން ބެހެއްޓުމަކީ މަނާކަމެކެވެ. ޢިމާރާތުގެ ފުރާޅު މަގުމައްޗަށްވާ ގޮތަށް ހުންނަނަމަ ހުންނަންވާނީ، ދިޔަދޮވި ހަރުކޮށް، ހޮޅި ބިމުއަޑިއަށްލާ ފެން ހިނދޭގޮތް ހަދާފައެވެ. |
|
|
(ވ) |
މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާގޮތަށް ހަދާފައިނުވާ ފަރާތްތަކުން މި އުޞޫލު ގެޒެޓް ކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި (އ)ގައި ބަޔާންކޮށްފައިވާގޮތަށް ބިމުއަޑިއަށް ފެން ހިނދޭގޮތަށް ހަދަންވާނެއެވެ. |
ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައެޅުން |
7 |
(ހ) |
ރަށުގެ މަގުތަކާއި ޢާންމުތަންތަނަށް ދޫކޮށްލާފައިވާ ތަކެތި ލިސްޓުކުރުމަށްފަހު ކައުންސިލުން އާންމުކޮށް އަންގައި އިޢުލާނު ކުރަންވާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގޮތަށް ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅާ ތަކެތި ބަޔާންކޮށް އިޢުލާނުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ތަކެތި އޭގެ ވެރިފަރާތުން ނުނަގައިފިނަމަ އެއީ ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި އެ މުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި އެ ތަކެތި ނެގުމުގެބާރު ކައުންސިލަށް ލިބިގެންވާނެއެވެ. |
|
|
(ނ) |
މި މާއްދާގެ (ހ) އަދި (ށ)ގައި އެބުނާ ގޮތަށް މަގުތަކާއި އަދި އާންމުތަންތަނަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރާނެއެވެ.
|
ދޫކޮށްލާފައިވާ އެއްޗަކަށް ހުއްދަ ހޯދުން |
8 |
|
ކައުންސިލުން އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމަށް ކަނޑައެޅުމަށްފަހު ވެސް އެ ތަނަކީ އެފަދަ އެއްޗެއް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށްވާނަމަ ކައުންސިލްގެ ހުއްދައާއެކު ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް އެ އެއްޗެއް އެ ތަނެއްގައި، ކައުންސިލުން ކަނޑައަޅާ ފީ އެއް ދެއްކުމަށްފަހު ބޭއްވިދާނެއެވެ. |
ދޫކޮށްލައިފައިވާ ތަކެތި ނެގުމަށް އެންގުން |
9 |
(ހ) |
އެއްވެސް އެއްޗެއް އެއީ ދޫކޮށްލައިފައިވާ އެއްޗެއްކަމުގައި ކަނޑައަޅަންވާނީ އެ އެއްޗެއްގެ ވެރިފަރާތް އެނގޭނަމަ އެ އެއްޗެއް ނެގުމަށް ވެރިފަރާތަށް އެންގުމަށް ފަހުގައެވެ. |
|
|
(ށ) |
ވެރިފަރާތް ނޭނގޭ އެއްޗެއްނަމަ ވެރިފަރާތް ހޯދުމަށް އިޢުލާން ކުރުމަށްފަހު 30 (ތިރީސް) ދުވަހުގެތެރޭގައި ވެރިފަރާތުން އެ އެއްޗަކާއި ހަވާލު ނުވެއްޖެނަމަ އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅޭނެއެވެ. |
ދޫކޮށްލައިފައިވާ ތަކެތި ނެގުން |
10 |
(ހ) |
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކޮށްލައިފައިވާ އެއްޗެއްކަމުގައި ކަނޑައެޅުމަށްފަހު އެ އެއްޗެއް ނެގުމުގެ ބާރު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދޫކޮށްލައިފައިވާ ތަކެތި ނަގައިގެން ގެންދިއުމުގައި އެ އެއްޗަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ. |
އުސޫލާ ޚިލާފަށް ބަހައްޓާފައި ހުންނަތަކެތި ނެގުން |
11 |
(ހ) |
މި އުސޫލާ ޚިލާފަށް މަގުމަތީ ބަހައްޓައިފައި ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ނެގުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ކައުންސިލަށް ލިބިގެންވެއެވެ. އެފަދަ އެއްޗެއް އޮތް ތަނަކުން ނުވަތަ ހުރި ތަނަކުން ނެގުމުގައި އެ އެއްޗެއް އޮތް ތަނެއްގެ ނުވަތަ ހުރި ތަނެއްގެ ޒާތުން، އެ އެއްޗަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން ނަގާ ތަކެތި އެ އެއްޗެއް ނަގާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން ގެންދަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގެންގޮސްފައި ނުވާނަމަ އެ އެއްޗެއް ގެންދިއުމަށް އާންމުކޮށް އިޢުލާނުކޮށް 2 (ދޭއް) ހަފުތާގެ ފުރުޞަތެއްދީ އެ މުއްދަތުގެ ތެރޭގައި ވެސް ހަވާލުވެފައިނުވާނަމަ، އެ އެއްޗެއް ނައްތައިލުމުގެ ނުވަތަ ނީލަން ކިޔުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
މަގުތަކާއި ފަޅު ގޯތިތައް ސާފުކުރުން |
12 |
(ހ) |
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ވަށައިގެންވާ މަގުތަކުގެ އިންފާރުން ފެށިގެން މަގުގެ ދެބައިކުޅައެއްބައި އޮންނަންވާނީ ވިނަނޮޅާ ކުނިކަހާ ސާފުކޮށްފައެވެ. |
|
|
(ށ) |
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗަކީ މީހުން ދިރިނޫޅޭ ފަޅު ގޯއްޗެއްކަމުގައި ވީނަމަވެސް އެ ގޯއްޗެއްގެ ވަށައިގެންވާ މަގުތަކުގެ އިންފާރުން ފެށިގެން މަގުގެ ދެބައިކުޅައެއްބައި އޮންނަންވާނީ ވިނަނޮޅާ ކުނިކަހާ ސާފުކޮށްފައެވެ. |
|
|
(ނ) |
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗަކީ ފަޅު ގޯއްޗެއްކަމުގައިވެފައި އެ ގޯތީގެ މަގުފާރު ނުރާނާހުރި ކަމުގައިވާނަމަ އެ ގޯއްޗެއްގެ އެތެރެ އޮންނަންވާނީ ވިނަނޮޅާ ކުނިކަހާ ސާފުކޮށްފައެވެ. |
|
|
(ރ) |
އެކިއެކި ބޭނުންތަކަށް ކައުންސިލްގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ވަށައިގެންވާ މަގުތަކުގެ އިންފާރުން ފެށިގެން މަގުގެ ދެބައިކުޅައެއްބައި އޮންނަންވާނީ، އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން، ވިނަނޮޅާ ކުނިކަހާ ސާފުކޮށްފައެވެ. |
|
|
(ބ) |
މި މާއްދާގެ (ހ)، (ށ)، (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ގޯތިތަކާއި ބިންތަކުގެ ވަށައިގެންވާ މަގުތަކުގެ އިންފާރުން ފެށިގެން މަގުގެ ދެބައިކުޅައެއްބައި ވިނަނޮޅާ ކުނިކަހާ ސާފުކުރަމުން ނުދާނަމަ މި އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. |
ޖޫރިމަނާކުރުން |
13 |
(ހ) |
މި އުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލު ކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، މި އުސޫލުގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ހާލަތްތަކުގައި، އެ ކުރިކަމެއް އިޞްލާޙުކުރުމަށް އެންގުމާއެކު، ދެވަނަ ފަހަރަށް އެކަމެއް ތަކުރާރު ކޮށްފިނަމަ އެކަމެއްގެ ކުޑަބޮޑު މިނަށްބަލައި، -/500 (ފަސްސަތޭކަ) ރުފިޔާއާއި، -/1000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާ، ހަތަރުވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ -/4000 (ހަތަރުހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހަތަރު ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ އިތުރުވާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. |
|
|
(ށ) |
މި އުސޫލުގެ ދަށުން ޚިދުމަތް ހޯދާފަރާތުން މި އުސޫލުގައި ހިމެނިފައިވާ ކަމަކާއި ޚިލާފުވެގެން ޖޫރިމަނާއެއް ވެއްޖެނަމަ އެ ޖޫރިމަނާއެއް ދައްކާ ޚަލާސްކުރުމުން މެނުވީ ކައުންސިލްގެ ފަރާތުން ދެވޭ އެއްވެސް ޚިދުމަތެއް އެފަރާތަކަށް ނުދެވޭނެއެވެ. |
|
|
(ނ) |
މި އުސޫލުގައި ހިމެނޭ އެންމެހައި ޖޫރިމަނާތައް ދައްކަންވާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. |
އުސޫލަށް އިޞްލާޙު ގެނައުން |
14 |
|
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން މި އުސޫލަށް އިޞްލާޙު ގެނައުމުގެ ބާރު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލަށް ލިބިގެންވެއެވެ. |
ފުލުހުންގެ އެހީތެރިކަން ހޯދުން |
15
|
|
މި އުސޫލުގައިވާ ކަންކަން ތަންފީޛުކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
ކައުންސިލުން ކަނޑައަޅާކަންކަން އާންމުކުރުން |
16
|
|
މި އުސޫލު ތަންފީޛުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިޢުލާނުކުރުމާއެކު، އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ. |
އުސޫލުގައި ނެތްކަމެއް ދިމާވުން |
17
|
|
މި އުސޫލުގައި ނެތްކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެކަންކަމާއި މެދު ޢަމަލުކުރާނެ ގޮތެއް ނިންމަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން ކައުންސިލްގެ އަޣުލަބިއްޔަތުންނެވެ. އަދި މިފަދައިން ކައުންސިލުން ނިންމާ ނިންމުމަށް ޢަމަލުކުރަންވާނީ މިއުސޫލުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތީން އާންމުކޮށް އަންގައި އިޢުލާނު ކުރުމަށްފަހުގައެވެ. |
މާނަ ކުރުން |
18 |
|
މި އުސޫލުގައިވާ ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރަނީ އެ އަކުރުތަކުގައިވާ ގޮތަށެވެ. |
|
|
(ހ) |
"އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައި އެވަނީ ހިލަޔާއި، ހިލަވެއްޔާއި، ސިމެންތިއާއި، ދަގަނޑާއި، ލަކުޑިއާއި، ޓިނާއި، އެޅިގަލާއި، ދަގަނޑުހޮޅިއާއި، ވެލި (ވެލި ހުންނަންވާނީ ގޯންޏަށް ނުވަތަ ޖަންބޯއަށް އަޅާފައި) ހިމެނޭގޮތަށެވެ. |
|
|
(ށ) |
"ގަސްމުށި" ކަމަށް ބުނެފައި އެވަނީ ގަސްއިންދުމަށް ބޭނުންކުރެވިދާނެ ކޮންމެ އެއްޗަކަށެވެ. |
|
|
(ނ) |
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލަށެވެ. |