ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)13-J2/13/2015/190
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 12 ޖުލައި 2015 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ތ. އޮޅުގިރީ ފަޅުން ހޮވާފައިވާ މަސްބޯޓާބެހޭ

ތ. ވިލުފުށީ ކޮށިބިއްލޫރިގޭ ޔޫސުފު އަޙްމަދު ދުއްވާ (ރ. ނަންބަރު P44144A01-04M) ނަސްރު ދޯނިން 2012 ޑިސެންބަރު 18 ވަނަ ދުވަހު، ތިރީގައި މިދަންނަވާ ބޯޓު އޮޔާދަނިކޮށް ހޮވާފައިވާކަމަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާއިން މި މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

            1. ބޯޓުގެ ދިގުމިން: ގާތްގަނޑަކަށް 35 ފޫޓު

            2. ބޯޓުގެ ފުޅާމިން: ގާތްގަނޑަކަށް 10 ފޫޓު

            3. ބޯޓުގެ ނަން: ނިރަންޖާ ދެވިނަވަރާ

            4. ބޯޓުގެ ރަޖިސްޓަރީ ނަންބަރު:  އެނގެންނެތް

            5. ބޯޓުގެ ކުލަ: މަޑުނޫކުލަ

            6. އުޅަނދު ބަނދެފައިވާ މެޓީރިއަލް: ފައިބަރު

ވީމާ، މަތީގައި ދަންނަވާފައިވާ، ބޯޓާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 2015 ޖުލައި 12ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

30 ޝަޢުބާން 1436

17 ޖޫން 2015