ކުއްޔަށް ދިނުން
ނަންބަރު: (IUL)343-FS/343/2024/97
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 17 އޮކްޓޫބަރު 2024 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށް ދިނުން.

ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށް ދޫކުރުމާއި ބެހޭ:

 

                  މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް، ބިޑް އުސޫލުން، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ރުއްތައް ކުއްޔަށް ނެގުމަށް ހުށައެޅޭނެ އެންމެ ކުޑަ އަގަކީ، އަހަރަކަށް -/4،000 ( ހަތަރުހާސް ) ރުފިޔާ ކަމުގައި ދަންނަވަމެވެ. އަދި ރުއްތައް ނެގުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށައަޅައި، ރުއްތައް ކުއްޔަށް ނަގާ ފަރާތަކުން އެގްރީމެންޓް ކުރާދުވަހު ކުއްޔަށް ނަގާ އަގުގެ ދެބައިކުޅަ އެއްބައި އެޑްވާންސެއްގެ ގޮތުގައި ޢީދާރާއަށް ދައްކަން ވާނެއެވެ.

ވީމާ، ރުއްތައް ކުއްޔަށް ނަގަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި، ބަޔާންކުރެވިފައިވާ ސުންގަނޑީގައި އިދާރާއަށް ސިޓީއަކުން ބިޑް ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ސިޓީ ހުށައަޅާއިރު، ހުށައަޅާފަރާތުގެ އައިޑީ ކާޑްގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ. ބިޑް ހުށައަޅަން ބޭނުންވަ ފަރާތް ނޫން ފަރާތެއް ސިޓީ ހިފައިގެން އަންނަނަމަ އެފަރާތުގެ މަޢުލޫމާތު ހިމެނޭ އިތުރު ސިޓީއަކާއި އެފަރާތުގެވެސް އައިޑީ ކާޑް ކޮޕީ ސިޓީއާއެކު ހިމަނަން ވާނެއެވެ.

ބިޑް ހުށައެޅުމަށް ދުރުވަންވީ ތާރީޚް

ބިޑް ހުށައެޅުމަށް ދުރުވަންވީ ގަޑި

17 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަސް

މެންދުރުފަސް 13:00

 

                ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                10 އޮކްޓޫބަރ 2024

10 އޮކްޓޫބަރު 2024