ޢާންމު މަޢުލޫމާތު
ނަންބަރު: (A)AC-2015/150
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 29 ޖޫން 2015 14:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނޭ މީހުން ހޯދުމާބެހޭ

01 އޮގަސްޓު 2015 ގައި ބާއްވާ ހއ. މުރަައިދޫ، ހއ. ދިއްދޫ، ހދ. ނައިވާދޫ، ށ. ކަނޑިތީމު، ނ. ހެނބަދޫ، ކ.މާފުށި ވ. ފެލިދޫ، ތ. މަޑިފުށި ކައުންސިލުގެ ބައި އިލެކްޝަނާއި މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ) ގެ ބައި އިލެކްޝަނާ ގުޅިގެން ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނޭ މީހުން ހޯދުމާބެހޭ

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ހއ. މުރަައިދޫ، ހއ. ދިއްދޫ، ހދ. ނައިވާދޫ، ށ. ކަނޑިތީމު، ނ. ހެނބަދޫ، ކ.މާފުށި ވ. ފެލިދޫ، ތ.މަޑިފުށި، އަދި މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ) އިން ހުސްވެފައިވާ ގޮނޑިއަށް ކައުންސިލް މެންބަރުކަމުގެ މަޤާމަށް، މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި، 01 އޮގަސްޓު 2015 ވާ ހޮނިހިރު ދުވަހު މާލޭގެ ވޯޓުލާ މަރުކަޒުގައި ޙަަރަކާތްތެރިވާނޭ އޮފިޝަލުން ބޭނުންވާތީ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ބޭފުޅުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އެ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީއާއެކު، 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ޝަރުޠު:

1- ޢުމުރުން 18 އަހަރު ފުރިފައިވުން.

2- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުންގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ މީހަކަށް ނުވުން.

3- ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަނތްބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

4- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

5- ޞިއްޙީގޮތުން މިފަދަ މަސައްކަތަކަށް ޤާބިލު މީހުން ކަމުގައިވުން.

އުޖޫރަ:

- ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1,300 (އެއްހާސް ތިންސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1,000 (އެއްހާސް ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

- އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫން ފަރާތްތަކަށް -/800 (އަށްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

- ރިޒާވްގައި ތިބޭ ފަރާތްތަކަށް -/400 (ހަތަރުސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އަދި ކަނޑައެޅިފައިވާ އުސޫލުން ވޯޓުލާދުވަހު ކެއުމާއި ސަޔަށްވާ ފައިސާ ދެވޭނެ. މިފައިސާ ދެވޭނީ ވޯޓުލައި ނިމުމުން މަސައްކަތްކުރި އުޖޫރައާއެކުގައި. 

މި މަސައްކަތަށް ހޮވޭ ފަރާތްތަކުން މިމަސައްކަތަށް ޚާއްޞަކޮށްގެން ހިންގޭ ތަމްރީނު ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މި ތަމްރީނު ފުރިހަމަނުކުރައްވާ ފަރާތްތަކަށް އޮފިޝަލަކަށްވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި މިތަމްރީނުގައި ހޭދަވާ ވަގުތަށް، ކޮންމެ ގަޑިއިރަކަށް -/40ރ (ސާޅީސް ރުފިޔާ) ގެ ރޭޓުން ފައިސާ ދެވޭނެއެވެ.

  • ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުން 7 ގަޑިއިރުގެ ތަމްރީނު ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

    މި ތަމްރީނުތައް އޮންނާނީ 2015 ޖުލައިމަހުގެ ފަހުހަފްތާގެ ތެރޭގައެވެ.

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާ އަދި އިންތިޚާބުގެ މަސައްކަތުގައި އުޅެ ލިބިފައިވާ ތަޖުރިބާތަކަށް، ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދީގެންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވުނު 3 އިންތިޚާބުގައި އެއްވެސް ސަބަބަކާހުރެ ކޮމިޝަނުން އެފަރާތްތަކަށް އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް މަތިން މާކްސް ލިބުނު ކަމުގައިވީނަމަވެސް އޮފިޝަލަކަށް ވުމަށް ފުރުޞަތެއް ނުދެވޭނެއެވެ.  

އިޢުލާނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުން އޮފިޝަލުން ހޮވުމުގެ މަސައްކަތް ފެށޭނެއެވެ. މިމުއްދަތުގެ ފަހުން ފޯމު ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ، ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހުގައެވެ.

އޮބްޒަރވަރ، މޮނިޓަރ، އަދި ކެންޑިޑޭޓުގެ މަންދޫބެއްގެ ގޮތުގައި ކުރިމަތިލާފައިވާ ފަރާތަކުން އޮފިޝަލަކަށް ކުރިމަތިލާފައި ވީނަމަވެސް، އޮބްޒާވަރ، މޮނިޓަރ އަދި މަންދޫބު ފާސް އެފަރާތަށް ދޫކުރެވޭ ހިސާބުން އޮފިޝަލަކަށް ހޮވިފައިވީނަމަވެސް އޮފިޝަލްކަމުން ވަކިކުރެވޭނެއެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓު www.elections.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

ނޯޓް: މި އިޢުލާނުގައި ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚު އޮތްކަމުގައިވިއަސް ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، މީހުން ހަމަވަންދެން އެޕްލިކޭޝަން ފޯމު ބަލައިގަންނާނެވާހަކަ ދެންނެވީމެވެ.

28 ޝަޢުބާން 1436

15 ޖޫން 2015