ދިވެހިރާއްޖެ
ހއ ދިއްދޫގައި ހުރި މި ކައުންސިލްގެ 4 ޢިމާރާތެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.
1. ކުއްޔަށް ދޫކުރެވޭ ޢިމާރާތްތަކުގެ ތަފްޞީލު
ޢިމާރާތުގެ ނަން |
ޖުމްލަ އަކަފޫޓް |
ޢިމާރާތުގެ ނަން |
ޖުމްލަ އަކަފޫޓް |
ވައިލެޓް 02 |
994 |
ވައިލެޓް 24 |
377.89 |
ވައިލެޓް 23 |
377.89 |
ރައްސިގަނޑު ޢިމާރާތް |
144.08 |
2. ޢިމާރާތްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް
(ހ) މި ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ "ހއ ދިއްދޫގައި ހުރި ރައްޔިތުންގެ އިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އުސޫލު 2023" އާ އެއްގޮތަށެވެ.
(ށ) މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ޢިމާރާތްތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހަކުވެސް މި ކައުންސިލްގެ އިދާރާގެ ރަސްމީގަޑީގައި މި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ.
(ނ) ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 100.00 ރުފިޔާއެވެ.
(ރ) ބީލަންފޮތް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އިދާރާގެ 001 700364 7714 (Revenue 1) އެކައުންޓަށެވެ. ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 7285567 ނަންބަރަށެވެ. ފައިސާ ޖަމާކުރައްވާއިރު ސްލިޕްގެ ރިމާކްސްގައި ކުއްޔަށްހިފަންއެދޭ ޢިމާރާތުގެ ނަން ލިޔަންވާނެއެވެ.
(ބ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 23 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 10:00 ގައި މިކައުންސިލްގެ އިދާރާ ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އަދި އެ ޢިމާރާތްތައް ހުންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު އާންމު ކުރީމެވެ.