ބީލަން
ނަންބަރު: (IUL)426-AA/426/2024/410
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި:
13 އޮކްޓޫބަރު 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫ ސިޓީގެ ޓޫރިޒަމް ބްރޭންޑް ލޯންޗްކުރުމަށް ބާއްވާ އިވެންޓް އޯރގަނައިޒް ކުރުމުގެ މަސައްކަތް (ވެނިއު ހަމަޖައްސައި، އިވެންޓް ވެނިއު ޑެކަރޭޓްކުރުމާއި، ސްޓޭޖް ތައްޔާރު ކޮށް، ސައުންޑް އަދި ލައިޓިންގ ހަމަޖައްސައި، ފަރިއްކޮޅުގެ އިންތިޒާމާއި ދަތުރުތައް ހަމަޖެއްސުން) ކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އައްޑޫ ސިޓީގެ ޓޫރިޒަމް ބްރޭންޑް ލޯންޗްކުރުމަށް ބާއްވާ އިވެންޓް އޯރގަނައިޒް ކުރުމުގެ މަސައްކަތް (ވެނިއު ހަމަޖައްސައި، އިވެންޓް ވެނިއު ޑެކަރޭޓްކުރުމާއި، ސްޓޭޖް ތައްޔާރު ކޮށް، ސައުންޑް އަދި ލައިޓިންގ ހަމަޖައްސައި، ފަރިއްކޮޅުގެ އިންތިޒާމާއި ދަތުރުތައް ހަމަޖެއްސުން) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮކްޓޯބަރު 10 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 2024 އޮކްޓޯބަރު 13 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected])) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 އޮކްޓޯބަރު 10 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 2024 އޮކްޓޯބަރު 14 ވާ ހޯމަ ދުވަހުގެ 16:00އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2024 އޮކްޓޯބަރު 15 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މި މަސައްކަތާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން އޮންނާނީ 2024 އޮކްޓޯބަރު 14 ވާ ހޯމަ ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2024 އޮކްޓޯބަރު 21 ވާ ހޯމަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޕްރޮޖެކްޓްސް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: [email protected]
07 ރަބީޢުލްއާޚިރް 1446
10 އޮކްޓޯބަރ 2024
10 އޮކްޓޫބަރު 2024