ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:37
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން ނަންބަރު (IUL)309-ESM/309/2024/121 (ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން) އެމެންޑްމެންޓް – 1

އެމެންޑްމެންޓް-1

 

އިޢުލާން ނަންބަރު

(IUL)309-ESM/309/2024/121

އިއުލާނުގެ ތާރީޚް

24 ސެޕްޓެންބަރު 2024

ބީލަމުގެ ނަން

ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

 

މި އިދާރާއިން 24 ސެޕްޓެންބަރު 2024ގައި ކުރި ނަންބަރު (IUL)309-ESM/309/2024/121 (ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން) އިޢުލާނު ކުރި ފަހުން، މި އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބައެއް ބަދަލުތައް (ރަތްކުލައިން ފާހަގަކުރެވިފައި) ވަނީ ގެނެވިފައެވެ. އަދި މި ބަދަލުތައް އައުމާ ގުޅިގެން ބީލަން ހުށަހަޅާ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މި އިއުލާނުގެ ބީލަން ބަލައިގަންނަ ތާރީޚް 14 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 10:15 އަށް ބަދަލުކުރެވިފައިވާކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

1. ބަދަލުވި މައުލޫމާތު ކަރުދާސް މި އެމެންޑްމަންޓާ އެޓޭޗްކޮށްފައިވާނެއެވެ.

2. މިނޫން، އެއްވެސް މަޢުލޫމާތެއް ނުވަތަ ބަދަލެއް މި އިޢުލާނަށް ގެނެވިފައެއް ނުވެއެވެ.

 

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

09 އޮކްޓޫބަރު 2024