މަސައްކަތް
ނަންބަރު: (IUL)425-A2/1/2024/308
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 22:28
ސުންގަޑި: 21 އޮކްޓޫބަރު 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލަށް ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ އެއް ހޯދުމާގުޅޭ،

         މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރުމަށް ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ އެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        

         ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން ހުރިހާ ލިޔެކިޔުންތައް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅުއްވުން އެދެމެވެ. އަދި އެސިޓީއުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

          މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 17 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

09 އޮކްޓޫބަރު 2024