ދިވެހިރާއްޖެ
Program in Economic and Public Policy 2025-2027 |
ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބެންކް ސްކޮލަރޝިޕްގެ ދަށުން، ޖަޕާނުގެ ޔުނިވަރސިޓީ އޮފް ސުކުބާގެ ގްރެޖުއޭޓް ސްކޫލް އޮފް ބިޒްނަސް ސައިންސް، ހިއުމެނިޓީޒް އެންޑް ސޯޝަލް ސައިންސް އިން ހިންގަވާ ޕްރޮގްރާމްތަކުގެ ތެރެއިން އިކޮނޮމިކް އެންޑް ޕަބްލިކް ޕޮލިސީ ޕްރޮގްރާމުގައި، ޖަޕާނުގައި ކިޔެވުމުގެ ފުރުސަތު ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވަނީ އަންގާފައެވެ.
ވީމާ، މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެފަރާތުގެ އޮންލައިން އެޕްލިކޭޝަން 1 އޮކްޓޯބަރ 2024 އިން 15 ނޮވެމްބަރ 2024 ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. އަދި ސްކޮލަރޝިޕާއި ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން އަދި ސެލެކްޝަން ޕްރޮސެސް ކުރިއަށްދާނެ ގޮތުގެ ތަފްސީލް ތިރީގައިވާ ޔުނިވަރސިޓީ ވެބްސައިޓް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު އީމެއިލް މެދުވެރިކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ. ޔުނިވާސިޓީ ވެބްސައިޓް : https://pepp.hass.tsukuba.ac.jp އީމެއިލް: [email protected] .................................................................................................................................................................... * މިޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ. |