މަސައްކަތް
ނަންބަރު: 216MPAO-GS/IUL/2024/19
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 20 އޮކްޓޫބަރު 2024 11:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
3ޖެންވޯކް 2024 އިވެންޓު ރާވައި ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި އޮފީހުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ #3ޖެންވޯކް 2024 އިވެންޓު ރާވައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ހުށަހަޅާނެ ގޮތް:  މި ލިންކުގައިވާ ގޫގުލް ފޯމް (https://forms.gle/ZR5qPbsuHYim9YR17) މެދުވެރިކޮށް.

ހުށަހެޅުމުގެ ސުންގަޑި: 13 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން.

 

މަޢުލޫމާތު ކަރުދާސް:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 13 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ. 

 

އަންދާސީ ހިސާބު ބަލައިގަތުން:

 

ތާރީޚު: 20 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 


މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް admin@pension.gov.mv އަށް އީމެއިލްކުރެއްވުން އެދެމެވެ.

09 އޮކްޓޫބަރު 2024