މަސައްކަތް
ނަންބަރު: (IUL)293/293/2024/34
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 24 އޮކްޓޫބަރު 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫ ކައުންސިލް އިދާރާގެ ބައެއްމަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                   މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާގައި ކުރަންހުރި މި ދަންނަވާ މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެޖެވެ.

  • މަގުފާރު މަރާމާތުކޮށް މަގުފާރާރުގައި ކުރިން ހުރި ގޭޓް ތަޅާނަގާ އަލުން ގޭޓްހަދާ ގޭޓް ހަރުކޮށް އިމާރާތުގެ މޫނުމަތީ މަގުފާރުން  ތިރިވެފައިވާ ހިސާބު ދެފަރާތު ފޮފަނަގާ ފާރުގައި ތަނބު ދައްކައިދޭގޮތަށް ފޮފަނަގާ ގޭޓް ލައިޓްތައް ހަރުކޮށް ނޯޓީސްބޯޑަށް ކަރަންޓް ލުމުގެ މަސައްކަތް
  • ގުދަން ސީލިންގ ކުރުމާއި ގުދަނު ފުރާޅުގައި ފުލެސިން އެޅުމާއި ނަލަފިލާ ބަދަލުކޮށް ދިޔަދޮވި ހަރުކުރުމުގެ މަސައްކަތް
  • ޕޯޓިކޯ ސީލިންގ ބަދަލްކުރުން، ދޮރުމަތީ އަސްކަނި ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް
  • މީޓިން ރޫމް ކޮޅުފާރުގައި ސެރާބޯޑް ޖަހާ ވޯލްޕެނަލް ހަރުކުރުމާއި ، ރިޝެޕްޝަން މޫނުމަތި އަދި ކޮޅުފާރުގައި ވޯލްޕެނަމް ހަރުކުރުމުގެ މަސައްކަތް.
  • ކައުންސިލް އިދާރާގެ އިމާރާތު އަސްކަނި ސީލިން އަދި ހުޅަނގުކޮޅު ސީލިން މަރާމާތު މަސައްކަތް  

                  މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ބައިރިވުމަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވައި 09 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހުން ފެށިގެން 16 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތެއް ބޭނުންފުޅުވާ ނަމަ 23 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުމުން އެ މައުލޫމާތެއް ސާފުކޮށްދެވޭނެއެވެ. 

                  ކަނޑައެޅިފައިވާ މުއްދަތުގައި، ބިޑު ހުށަހެޅުމަށް ރެޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

09 އޮކްޓޫބަރު 2024