ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-wdc/248/2024/112
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 13 އޮކްޓޫބަރު 2024 10:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

ހއ.އިހަވަންދޫއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން  

ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ ކޯހުގައި ބައިވެރިވުމަށް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުން ގެންދާތީ، 13 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކޯހުގެ ފީތަކާއި އަދި ކޯހާއިގުޅޭ އިތުރު މައުލޫމާތު ތިރީގައި އެވަނީއެވެ.  

ކޯސްފެށޭ ތާރީޙް

15 އޮކްޓޯބަރު 2024 (އަންގާރަ)  

ކޯސް ފީ

-/2000 (ދެހާސް ރުފިޔާ) އެވެ.  

ފަހާ ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޢަދަދު 30 އަށް ވުރެ އިތުރުވާނަމަ، ކޮންމެ ބައިވެރިއެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ

-/1800 ( އެއްހާސް އަށްސަތޭކަ ރުފިޔާ ) އެވެ.

ކޯހުގައި ބައިވެރިވާ 30 ބައިވެރިންނަށް ކޮންމެ ބައިވެރިއަކަށް އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދިނުމަށް ހަމަޖެހިފަވަނީ

-/800 (އަށްސަތޭކަ ރުފިޔާ) އެވެ.

ކޯސް ފެށުމުގެ ކުރިން  ކޮންމެ ބައިވެރިއެއްގެ އަތުން ކޯސްފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ ފީގެ ތެރެއިން -/600 (ހަސަތޭކަ ރުފިޔާ) ކޯސް ފެށުމުގެ ކުރިން ދައްކަންޖެހޭނެއެވެ. ބާކީ -/600 ރުފިޔާ ދައްކަންޖެހޭނީ ކޯސް ނިންމުމަށްފަހުއެވެ. އަދި ފީ ދައްކަންޖެހޭނީ ކޯހުގައި ކިޔަވައިދޭ ފަރާތަށެވެ. 

ބައިވެރިންގެ ޢަދަދު 30 އަށްވުރެ އިތުރުވެއްޖެނަމަ، އ.ތ.މ.ކ ގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ -/800 ރުފިޔާ ދެވޭނީ ޤުރުއަތުން ނެގޭ 30 ބައިވެރިންނަށެވެ. ކޯހުގައި ބޭނުންކުރުމަށް ފަހާ ފޮއްޓާއި ބޮޑު ކަތުރު ފިޔަވައި، ދެން ހުރިހާ ތަކެއްޗެއް ކޯސް ހިންގައިދޭ ފަރާތުން ފޯރު ކޮށްދެވޭނެއެވެ.

ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ  ކޯހުގައި ދަސްކޮށްދެވޭނެ ބައިތައް

  1. ފަހާފޮށި އޮޕަރޭޓް ކުރާނެގޮތް ދަސްކޮށްދިނުން
  2. ފޮށި ރޫޅާ ފޮއްޓަށް ތެޔޮ ޖަހާނެގޮތް
  3. ދަބަސް ފަހާ ޑިޒައިން ކުރުން
  4. އެކި ޑިޒައިންތަކުގެ ފަތި ޖެހުން
  5. ތަފާތު ވައްތަރުގެ ހެދުން ޑިޒައިން ކުރުން
  6. ތަފާތު ޑިޒައިންތަކުގެ ކަރުތައް ދަސްކޮށްދިނުން
  7. ތަފާތު ވައްތަރުގެ ގިރުވާން ޑިޒައިން ކުރުން
  8. ތަފާތު އަތުކުރި ޑިޒައިން ކުރުން
  9. ގަމީސް އަދި ސޯޓު ފަހާނެ ގޮތް
  10. ތަފާތު ވައްތަރުގެ ހަރުވާޅު
  11. ޔުނީފޯމު،ދިގުހެދުން،ވެސްޓް
  12. އެކިޑިޒައިންތަކުގެ އަބާޔާ
  13. ޝޯލް
  14. ތަފާތު ވައްތަރުގެ ސްކާޓް
  15. ބޭބީ ހެދުން
  16. ބަނޑުފެޅި ހެދުން
  17. ބުރިކުރި ހެދުން
  18. ބެޓް ހެދުން
  19. ކޮކާ ހެދުން
  20. ބޯވަޅު ހެދުން
  21. ފުއްޕި ހެދުން
  22. ގޮއްފޮތިކޮޅު ހެދުން
  23. ޕާޓީ ހެދުން
  24. ތަފާތު ސްޓައިލަށް ހެދުން ފަރުމާކުރަން ދަސްކޮށްދިނުން
  25. ގައިން މިން ނަގާނެ ގޮތް
  26. ފުއްޕި ހަރުވާޅު
  27. ތަފާތު ޑިޒައިންތަކަށް ކަނޑަން ދަސްކޯށްދިނުން
  28. ހެދުމުން މިން ނަގާނެ ގޮތް
  29. ޒިބް ލާން ދަސްކޮށްދިނުން
  30. ގޮށްވަޅު ހަދަން ދަސްކޮށްދިނުން

 

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 13 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ ގެ ހެނދުނު 10:00 ގެ ނިޔަލަށް ފޯމު ފުރުއްވުން އެދެމެވެ.  ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/h3F6hh7ALV

 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏                                         06‏ ރަބީޢުލްއާޚިރު‏ 1446

09 އޮކްޓޫބަރު 2024