ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-CB305/305/2024/107
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:06
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ ތަޖުވީދު އަދި ޚިފްޒް ކުލާސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވަލުމާއި ގުޅޭ
ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށާއި ތަޖުވީދުމަގަށް ކިޔެވުމާއި ފަރިތަކޮށް އަދި ޚިފްޒް ކޮށްދިނުމުގެ މަޤްސަދުގައި ފެށުމަށް ހަމަޖެހިފައިވާ ތަޖުވީދު ކުލާހާއި ޚިފްޒް ކްލާސް 01 ނޮވެމްބަރ 2024 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.
- 1. ތަޖުވީދު ކުލާސް
- · ކުލާހުގެ ވަގުތު: 50 މިނެޓް
- · ކުލާސް އޮންނަ ދުވަސްތައް: އާދިއްތަ، އަންގާރަ، ބުރާސްފަތި
- · ޝަރުތު: ބަލައިގެން ފަރިތަކޮށް ކިޔަން އިނގޭ ދަރިވަރުން
- · ފީ: މަހަކު -/350 (ތިންސަތޭކަ ފަންސާސް ރުފިޔާ)
- 2. ޚިފްޒް ކުލާސް
- ކުލާހުގެ ވަގުތު: 50 މިނެޓް
- · ކުލާސް އޮންނަ ދުވަސްތައް: އާދިއްތަ، އަންގާރަ، ބުރާސްފަތި
- ޝަރުތު: ބަލައިގެން ކިޔަން އިނގުން
- ފީ: މަހަކު -/500 (ފައްސަތޭކަ ރުފިޔާ)
- އުމުރުފުރާ: ހުރިހާ އުމުރަކަށްވެސް ބައިވެރިވެވޭނެ
- މިކުލާހުގައި ބައިވެރިވާ ކުދިންގެ ތެރެއިން ދަސްކޮށް ކިޔައިދޭ ކޮންމެ ފޮތަކަށް -/1000 (އެއްހާސް ރުފިޔާ) ފައިސާގެ އިނާމެއް ދެވޭނެއެވެ. އަދި މީގެ އިތުރުން ދަސްކުރާ ކޮންމެ ފޮތަކަށް ހަނދާނީ ފިލާ ދެވޭނެއެވެ.
ވީމާ، މިކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. މަހުފީގެ އިތުރުން ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި -/50 (ފަންސާސް ރުފިޔާ) ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
09 އޮކްޓޫބަރު 2024