މަސައްކަތް
ނަންބަރު: (IUL)340/340/2024/45
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 27 އޮކްޓޫބަރު 2024 10:30
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާވުމަގުގައި ޕޭމަންޓެއް ހެދުމާއި ލައިޓް ޕޯސްޓް ޖެހުން:

މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް މި ރަށު ފުޓްބޯޅަދަނޑުގެ ހުޅަނގުން އިންވެގެން އޮންނަ ވާވުމަގުގެ ބޯޅަދަނޑުފަޅީގެ ބައެއްގައި ޕޭމަންޓް ހެދުމާއި އެ ސަރަޙައްދުގައި ލައިޓް ޕޯސްޓްޖެހުމާއި ޑިސްޓްރިބިއުޝަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 އޮކްޓޫބަރު 09 އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އީމެއިލަށް ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ މި ކައުންސިލަށް ރަސްމީގަޑީގައި ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 50ރ (ފަންސާސް ރުފިޔާ) ދެއްކުމުންނެވެ. ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރި/ކުންފުނި) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު އަދި އައި.ޑީކާޑު ނަންބަރު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2024 އޮކްޓޫބަރު 09 އިން 2024 އޮކްޓޫބަރު 20 ވަނަ ދުވަހުގެ  14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.       

މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2024 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ.

09 ސެޕްޓެންބަރު 2024