ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އެސްޓީއޯ ސ.ހިތަދޫ، ސ.މަރަދޫ ފޭދޫ، ސ.ފޭދޫ އަދި ސ.ހުޅުމީދޫ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމާއި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 28 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކުންފުނީގެ ސ.ހިތަދޫ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 5 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު، އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު ޕްރޮފައިލަކާއެކު އެފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން: 3344374 ، 3012566
ފެކްސް: 3344633
އީމެއިލް: [email protected]