ބީލަން
ނަންބަރު: GS.38/2024/08
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 16 އޮކްޓޫބަރު 2024 00:00
ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން   

 

 

      މިސްކޫލްގެ މަލްޓިޕާރޕޯސް ހޯލު ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

 

މިސްކޫލުންދޭ ނަމޫނާއާއި ، މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިސްކޫލްގެ މަލްޓިޕާރޕޯސް ހޯލު ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 އޮކްޓޫބަރ 2024 އިން 16 އޮކްޓޫބަރ 2024 ގެ ނިޔަލަށް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. މިބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ [email protected]   މި މެއިލްއަށެވެ.

ކުންފުނީގެ ނަން / މަސްޢޫލުވެރިފަރާތް:

ފޯންނަންބަރު / އީމެއިލް އެޑްރެސް:

           މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ11:00 ގައި ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މަޢުލޫމާތު ދެވޭނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށްގެންނާއި، އެ ގަޑިއަށް ސްކޫލު އޮފީހުގައި ބޭއްވޭ ބައްދަލުވުމުންނެވެ. މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

       ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  27އޮކްޓޫބަރ 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

22 އޮކްޓޫބަރ 2024

އަންގާރަ

މަޢުލޫމާތު ސާފްކުރުން

11:00 ހެނދުނު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

27 އޮކްޓޫބަރ 2024

އާދީއްތަ     

އަންދާސީ ހިސާބްހުށަހެޅުން

11:00 ހެނދުނު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

  • މި މަސައްކަތްކުރުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

  • ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

  •   ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

 

  •  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

  • މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

 

  •   މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 09 އޮކްޓޫބަރ 2024ވަނަ ދުވަހުން ފެށިގެން 20 އޮކްޓޫބަރ 2024ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި 9704428 ނުވަތަ 9825305  ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  •  މި ސްކޫލުގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ.
  •  މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 އޮކްޓޫބަރު 2024