ނީލަން
ނަންބަރު: (IUL)382-CA/382/2024/53
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 15 އޮކްޓޫބަރު 2024 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުނީ އެކި އެކި ސަރަހައްދު ތަކުގައި ހުރި ރުއްގުޅިތައް ނީލަން ކިޔުން

ބުރުނީ އެކި އެކި ސަރަހައްދު ތަކުގައި ހުރި ރުއްގުޅިތައް ނީލަން ކިޔުން

ބުރުނީ އެކި އެކި ސަރަހައްދު ތަކުގައި ހުރި ރުއްގުޅިތައް ނީލަންކިޔުން 15 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހު އޮއްނާނެއެވެ.

    ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް ބުރުނީ ސިއްކަތަކުރުފާން މައިޒާންއަށް ވަޑައިގެން  ދެއްވުން އެދެމެވެ.

    ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ގުޅިބުރިއެއް ވަކިންނެވެ. ނީލަން ފެށޭ އަގަކީ ގުޅިބުރިއަކަށް -/1 (އެއް) ރުފިޔާއެވެ. ނީލަން ކިޔަމުންދާއިރު އަގަށް ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/5 (ފަސް) ރުފިޔާއެވެ.

    ނީލަން ކާމިޔާބު ކުރާތާ 2 ދުވަސް ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށް ފަހު އެތަކެތި 3 ދުވަސް ތެރޭގައި ނީލަންކީ ސަރަހައްދުން ނަގަންވާނެއެވެ. އަދި އެންމެ މަތީ ނީލަން ހުށަހެޅި ފަރާތުން ނީލަމަށް ވާ ފައިސާ، މުއްދަތަށް ނުދައްކައިފިނަމަ، ދެން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަކަށް ފައިސާ ދައްކާ މުދާ ގެންދިއުމުގެ ފުރުޞަތު ދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

09 އޮކްޓޫބަރު 2024