ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2024/78
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި:
17 އޮކްޓޫބަރު 2024 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލ. ބިލެތްތޭރަހާ (ދަނބިދޫ ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ
ލ. ބިލެތްތޭރަހާ ( ދަނބިދޫ ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ ލ. ބިލެތްތޭހަރާ (ދަނބިދޫ ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު ބިޑު ހުށަހެޅުމަށް ދައުވަތު އަރުވަމެވެ. މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713 ފޯނާއި ގުޅުއްވުން އެދެމެވެ.
08 އޮކްޓޫބަރު 2024