ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B2/422/2024/67
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 20:00
ސުންގަޑި: 13 އޮގަސްޓް 2023 20:30
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޔޯރީ ކުޅި ސަރަޙައްދު އިކޯޓުއަރިޒަމް ޒޯނަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން

ފިޔޯރީ ކުޅި ހިމެނޭގޮތަށް ކުޅީގެ ސަރަޙައްދުގައިވާ ބިން އީކޯޓުއަރިޒަމް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް ކައުންސިލްގެ 2024 ވަނަ އަހަރުގެ 39 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުމެއް 2024 އޮކްޓޯބަރ 13 ވާ އާދިއްތަ ދުވަހުގެރޭ 20:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

މި ބައްދަލުވުމަކީ ރަށުގެ ތަރައްޤީއާ ގުޅުންހުރި ވަރަށް މުހިންމު ބައްދަލުވުމެއް ކަމުގައިވާތީ، ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ، ޚިޔާލާއި މަޝްވަރާ ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 އޮކްޓޫބަރު 2024