ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/52 |
ތާރީޚް |
04 ރަބީޢުލްއާޚިރާ 1446 |
|
07 އޮކްޓޯބަރ 2024 |
ދަނޑުވެރިކަންކުރާ ސަރަހައްދުން ދަނޑުބިން ބޭނުންކުރުން
ރަށުގެ ރަށްވެހިންގެ ތެރެއިން އަލަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަން ކުރާ ސަރަޙައްދުން ދަނޑުބިން ނުލިބޭ ކަމުގެ ޝަކުވާ މިކައުންސިލަށްދަނީ ލިބެމުންނެވެ. އެގޮތުން މިކައުންސިލުން ބެލިބެލުމުން އެފަދަ ފަރާތްތަކަށް ދަނޑުބިން ނުލިބެނީ އެތައް ޒަމާނެއް،ނުވަތަ އަހަރުތަކެއް ކުރިން ހައްދައި،ދޫކޮށްފައިހުންނަ ދަނޑުތައް ނުވަތަ ވަކިހިސާބަކުން ނުހައްދާ ދޫކޮށްފައިހުންނަ ދަނޑުތައްވެސް އެފަދަ ފަރާތްތަކުގެ ދަނޑުތަކުގެ ގޮތުގައި ބަލައި އެދަނޑުތަކަށް އެހެން މީހުންނަށް ވަނުމުގެ ފުރުސަތު ކުރިން ދަނޑުވެރިކަން ކޮށްފައިވާ ފަރާތްތަކުން ނުދޭތީއެވެ.
އެހެން ނަމަވެސް ރަށުގެ ދަނޑުބިންތަކަކީ ކައުންސިލުން އެކަމަށް ވަކިއުސޫލެއް ކަނޑަނާޅާހާ ހިނދަކު ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ކަމާއެކު ބޭނުން ކުރެވެންޖެހޭނެ ބިންތައް ކަމަށްވާތީ މިކައުންސިލްގެ 04 ވަނަ ދައުރުގެ 99 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވަނީ ކައުންސިލުން ދަނޑުބިމުގެ އުސޫލަށް ޢަމަލުކުރުމަށް ފެށުމާ ހަމަޔަށް ކުރިން ދަނޑުވެރިކަންކުރުމަށްފަހު ބިންދޫކުރިތާ،ނުވަތަ ދަނޑުވެރިކަން ނުކުރާތާ 08 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވާ ދަނޑުބިންތަކާއި،އަލައޮޅުތަކަށް އެހެން ފަރާތްތަކުން ވަދެ ދަނޑުވެރިކަން ކުރެވޭނެ ކަމަށެވެ.
އެހެން ކަމުން މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މުޙައްމަދު ޝިފާގު
ކައުންސިލް މެމްބަރ