ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/61
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 16:25
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްކަށް އޮޑިދޯނިފަހަރު އެހެލުމަށް ވަގުތީ ބިމެއް ކަނޑައެޅުން

މަރާމާތުގެ މަސައްކަތްކަށް އޮޑިދޯނިފަހަރު އެހެލުމަށް ވަގުތީ ބިމެއް ކަނޑައެޅުން:

މަރާމާތުގެ މަސައްކަތްކަށް އޮޑިދޯނިފަހަރު އެހެލުމަށް ރަށުގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރު ހިސާބަކަށް ވުމުންނާއި، އެތަނަށް ދިއުމަށް މަގު ހެދި، ކަރެންޓް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ އެކަމުގެ ސަބަބުން އޮޑި ވެރިންނަށް ދިމާވަމުންދާ މައްސަލަތައް ޙައްލުކޮށް، ރަށުގެ އެކި ތަންތަނަށް އޮޑިދޯނި ފަހަރު އެހެލަމުންދާ މައްސަލައަށް ޙައްލެއް ގެނައުމަށް ރަށުގެ އިރު ދެކުނު ފަރާތުން ފެނަކަ ކޯޕަރޭޝަން އިންޖީނުގޭގެ އިރުން ވަގުތީ ބިމެއް، ކައުންސިލްގެ 04 ވަނަ ދައުރުގެ 176 ވަނަ ބައްދަލުވުމުން ކަނޑައަޅާފައިވާތީ މިއަދުން ފެށިގެން މަރާމާތުގެ މަސައްކަތްތަކަށް އޮޑި ދޯނިފަހަރު އެހެލާނީ ފެނަކަ ކޯޕަރޭޝަން އިންޖީނުގޭގެ އިރުން ކަނޑައަޅާފައިވާ ވަގުތީ ބިމަށް ކަމުގައި ދެންނެވީމެވެ.  އަދި ރަށުގެ އެކި ސަރަހައްދުތަކަށް މަރާމާތަށް އެހެލާފައިވާ އުޅަނދުފަހަރުތައް މިއަދުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އޮޑިދޯނިފަހަރު އެހެލުމަށް ކަނޑައަޅާފައިވާ ވަގުތީ ބިމަށް ބަދަލު ކުރުމަށް އަންގަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މި އިޢުލާނާއެކު ބިމުގެ ޗާޓް އެއްއުރަ ކުރެވިފައި ވާނެއެވެ.

08 އޮކްޓޫބަރު 2024