ދިވެހިރާއްޖެ
ނަންބަރު: (IUL)253-OU-08275/253/2024/68
ގަބުރުސްތާނުގައި ހުރި ލަކުޑިތައް ނީލަން ކިޔުމާއި ގުޅޭ
މި އިދާރާގެ ނަންބަރު: (( (IUL)253-OU-08275/253/2024/65 01 އޮކްޓޫބަރު 2024) ގެ އިއުލާން އެއްވެސް ބޭފުޅަކު ބައިވެރިވެފައިނުވާތީ ބާތިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ރަށު ގަބުރުސްތާނު ސާފުކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރުމުގައި ނަގާފައިވާ ލަކުޑިތަކާއި (ފުނިޖަހާފައިވާ) އަދި ކަޑާ ބުރި ނުކޮށް ހުރި ގަސްތައް ނީލަން ކިޔުން 14 އޮކްޓޫބަރު 2024 ވާ (ހޯމަ) ދުވަހުގެ ހެނދުނު 10:00 ގައި އެ ތަކެތި ހުރި ސަރަޙައްދުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ ފައިސާ 03 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކާ ނިންމަންވާނެއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި 10 ދުވަހުގެ ތެރޭގައި ނަންގަވާ ނިންމަވަން ޖެހޭނެއެވެ.
ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ރަބީޢުލްޢާޚިރު 1446
08 އޮކްޓޫބަރު 2024