މަސައްކަތް
ނަންބަރު: (IUL)287/287/2024/38
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 23 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ މާޅެންދޫ ފުޓްބޯޅަދަނޑުގެ އިރުމަތީ ފާރު ރޭނުމާއި ފުޓްބޯޅަދަނޑުގެ ވަށާ ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ނ މާޅެންދޫ ފުޓްބޯޅަދަނޑުގެ އިރުމަތީ ފާރު ރޭނުމާއި ފުޓްބޯޅަދަނޑުގެ ވަށާ ފެންސް ޖެހުމުގެ މަސައްކަތް  ކޮށްދޭނެފަރާތެއް ހޯދުން

            ނ. މާޅެންދޫ ފުޓްބޯޅަދަނޑުގެ އިރުމަތީ ފާރު ރޭނުމާއި ފުޓްބޯޅަދަނޑުގެ ވަށާ ފެންސް ޖެހުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

            މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 17 އޮކްޓޫބަރު 2024 (ބުރާސްފަތި) ދުވަހުގެ 13:30 ގެ  ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 23 އޮކްޓޫބަރު 2024 ވާ ބުދަ  ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.  

އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

08 އޮކްޓޫބަރު 2024