ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)366/2024/56
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:34
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބޭއްވުމާއިބެހޭ

މީހުން ދިރިއުޅުމަށާއި އެހެނިހެންވެސް ބޭނުންތަކަށް ރަށުން ދޫކޮށްފައިވާ ގޯތިތަކާއި، ބިންތައް ހިމެނޭ ސަރަޙައްދުތަކުގެ މަގުތަކާއި ގޯޅިތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަކީ އެބިމެއް ޙަވާލުކޮށްފައިވާ ފަރާތެއްގެ ޒިންމާއެކެވެ. ނަމަވެސް މިހާރަކަށްއައިސް ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުތަކުގައި ހުންނަ ގޯތިތަކުގެ ގޯތިންބޭރު މަގުމަތި ކުނިކަހާ ސާފުކުރަމުން ނުގެންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ރަށުގެ ސާފުތާހިރުކަން ބެލެހެއްޓުމަކީ ޤާނޫނީގޮތުން ކައުންސިލާއި މަތިކޮށްފައިވާ ޒިންމާއަކަށްވާތީ ކައުންސިލްގެ ފަރާތުން " މަގުމަތި ކުނިކެހުމާބެހޭ ޤަވާޢިދު " 2019/R-665 ޤަވާޢިދު ނަންބަރު: (18 ފެބުރުއަރީ 2019) ގައި ވަނީ ގެޒެޓް ކުރެވިފައެވެ. އެ ޤަވާޢިދުގެ 3 ވަނަ މާއްދާގައި " ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަޙައްދުގައި އެ ގޯއްޗަށްވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަން ވާނެކަމަށް " ބަޔާންކޮށްފައިވާނެއެވެ.

 ވުމާއިއެކު ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ ގޯތި / ބިމުގެ ވަށައިގެންވާ މަގުތަކާއި ގޯޅިތަކުގެ ދެބައިކުޅަ އެއްބައި މަދުވެގެން ހަފުތާއަކު ދެ ދުވަހު ކުނިކަހާ ސާފުކުރައްވަމުން ގެންދެވުމަށް ހަނދުމަފުޅުކޮށް އެރުވީމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

07 އޮކްޓޫބަރު 2024